އިސްލާމް ދީން މަނާކުރާ ފަންނުތަކާއި ހުނަރުތަކާއި ދުރުވެ، އިސްލާމްދީނާއި ދެކޮޅު ހަދާ ފިކުރުތަކުގެ ވެރީން ނަމޫނާ އަކަށް ބެލުމާއި އެފަދަ ފަރާތްތަކުގެ އަމަލުތައް ނަކަލުނުކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފިއެވެ.
ހެޔޮ ނަމޫނާގެ ބޭނުންތެރިކަމުގެ މައްޗަށް މިއަދު އިއްވި ޚުތުބާގައި ވަނީ ވިސްނާނުލައި އެއްވެސް ނަމޫނާއެއް ނަކުލުކޮށް އެފަދަ ކަންތަކާއި ދުރުހެލިވުމަށް ބާރުއަޅާފައެވެ. އެގޮތުން އާޚިރަތް ލިބުމާއި ނުލިބުންވަނީ ކޮންމެ ފަރުދެއްގެ ވެސް އަމިއްލަ އަތް މަތީގައި ކަމަށާއި، ކުރާ އަމަލުތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އެކަމުން ލިބޭނެ ފަދަ ގޮތަށް ބައްޓަންކުރާ އަމަލުތަކެއްގެ ގޮތުގައި ހެދުމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް އެންމެ ބޮޑު ދައުރެއް އަދާކުރާ ކަމަކީ ނަމޫނާކަމަށާއި،އަދި އެއީ ބަހުގެ އަސަރަށްވުރެ ކަމުގެ އަސަރުބޮޑުވެގެންވާތީ ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ދަރިފުޅަށް ތެދުބުނުމަށް ނަސޭހަތްތެރިވާ މަޔަކު، އެ ދަރިންގެ ބައްޕައަށް ދޮގު ނުހެދުމަށާއި ދަރިންގެ ކުރިމަތީގައި ނަމޫނާ ދެއްކޭ ފަދަ ބަޔަކަށް ވުމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އުންމަތުގެ ނޫރެއްކަމަށްވާ އަހަރެމެންގެ މާތް ރަސޫލާއަކީވެސް އެފަދައިން ރިވެތި ނަމޫނާ ދެއްކެވި ބޭކަލެއް ކަމަށާއި، އެކަލޭގެފާނުގެ ކުރިމަތީގައި އެއްވެސް ބޭފުޅަކަށް ނިކަމެތިކަމެއް ނުދެއްވާ ކަމަށް ހުތުބަގައި ބުނިއެވެ.
އެގޮތުން އަހަރެމެން ނަމޫނާ ނަގަންޖެހެނީ އެފަދަ ހެޔޮ އަމަލުތަކުން ކަަމަށާއި ކާމިޔާބު މީހަކަށް ވެވޭނީ އޭރުން ކަމަށްވެސް ޚުޔުބާގައި ބުނެފައިވެއެވެ. އެގޮތުން މީހެއްގެ ކިބައިން ރަނގަޅު ނަމޫނާ ފެނުމަކީ، އޭގެ ހެޔޮ އަސަރު އަނެކުންނަށްވެސް ކުރުވާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މުޖުތަމައަށްވެސް ހެޔޮ ބަދަލުތަކެއް ފެނިގެންދާނީ އޭރުން ކަމަށްވެސް ބުނިއެވެ.
މިއަދުގެ ކުތުބާގައި ފާހަގަކޮށްފައިވާގިތުން، ނަމޫނާ ދެއްކޭނީ ބަހާއި އަމަލު ސީދާ ކުރެވިގެންނެވެ. އަދި ހަމަ އެގޮތަށް ނަމޫނާއަކީ، ވަރަށް ނުފޫޒު ގަދަ އެއްޗެއް ކަމަށާއި، އަހަރެމެންގެ އިސްލާމްދީން މިބިމުގައި ފެތުރިގެންދިޔައީ،ވެސް ރިވެތި ނަމޫނާގެ ސަބަބުން ކަަމަށް ހުތުބާގައި ބުނިއެވެ.
އަދި މީގެ އިތުރުން އަހަރެމެންގެ ރާއްޖެއަށް އިސްލާމް ދީން ފޯރުކޮށްދެއްވި އަބުލް ބަރަކާތުލް ބަރްބަރީގެ ބަސް ގަބޫލުކޮށް ދިވެހިން އިސްލާމް ދީން ގަބޫލުކުރީވެސް އެކަލޭގެފާނުގެ މުއްސަނދި ކަމަކަުން ނޫން ކަމަށާއި އޭގެ ބަދަލުގައި، އެކަލޭގެފާނުގެ، އިޚްލާސްތެރިކަމާއި،ރިވެތި އަޚުލާގާއި، ދީނަށްޓަކައި ވެ ވަޑައިގެންނެވި، ގުރުބާނީގެ ސަބަބަުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އަދި މިއަދުގެ ޒުވާނުން ނުރަނގަޅު މަގު ޚިޔާރުކުރާ މައިގަނޑު އެއްސަބަބަކީ ގޭތެރެއިންނާއި މުޖުތަމައުގެ ފުށުން އެ ދަރީންނަށް ހެޔޮ ނަމޫނާތައް އެކަށީގެންވާ މިންވަރަށް ނުފެންނާތީ ކަމަށާއި، ހަމައެކަނި، ނަސޭހަތުން ދަރިން ތަރުބިއްޔަތު ކުރުމުގެ ބަދަލުގައި ހެޔޮ އަމަލުތައް ނަމޫނާއިން ދައްކައިގެން ދަރިން ތަރުބިއްޔަތު ކުރުމުން އޭގެ ފައިދާ ބޮޑުވެގެންދާނެ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

