ރާއްޖޭގެ ތިން ވަނައަށް އެންމެބޮޑު އާބާދީ އޮތް ފުވައްމުލަކު ސިޓީގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ތާއީދު ދައްކާލައިފިއެވެ.
މިއަދު ޑރ.މުއިއްޒުއާއި ޓީމު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު ގިނަ އަދަދެއްގެ ބަޔަކު މުއިއްޒުއަށް މަރުޚަބާ ދެންނެވުމަށް ނިކުމެފައެވެ.
ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި މިއީ ދުވަހަކުވެސް ސިޔާސީ މަރުހަބާއަކަށް މީހުން ޖަމާވި ވަރެއްނޫނެވެ.

ނިކުމެ ތިބި މީހުންވަނީ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައެވެ. މުއިއްޒުއާއިއެކު މިދަތުރުގައި ފުވައްމުލަކށް ނިސްބަތްވާ ޑރ.ޖަމީލާއި، ކުރީގެ މަޖިލިސް ރައީސް މަސީހުގެ އިތުރުން ހުވަދު އަތޮޅަށް ނިސްބަތްވާ ޑރ.ޝަހީމްވެސް ބައިވެރި ވެއެވެ.
ފުވައްމުލަކު ދަތުރުފުޅަށްފަހު ޑރ.މުއިއްޒު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވަނީ މިމަހުގެ 27 ވަނަ ދުވަހު ހެނދުނު ގައްދޫއިންނެވެ. އެދުވަހު، ގައްދޫގެ އިތުރުން މަޑަވެލި، ހޯޑެއްދޫ، އަދި ތިނަދޫއަށް ވަޑައިގަންނަވާނެއެވެ. އެރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫގައެވެ.
މުއިއްޒުގެ މިދަތުރުފުޅުގައި މިމަހުގެ 28 ވަނަ ދުވަހު ހެދުނު ވަޑައި ގަންނަވާނީ ގެމަނަފުއްޓަށެވެ. އެދުވަހު ދާންދޫ، އަދި ވިލިގިއްޔަށް ވަޑައި ގަންނަވާނެއެވެ.
ބޮޑު ޖަލްސާ އޮންނާނީ އެރޭ ވިލިނގިލީގައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފު ޑރ. މުއިއްޒު 28 ވަނަ ދުވަހުގެރޭ މާލެ ވަޑައި ގަންނަވާނެއެވެ.

