ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރުދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީއާއި ކުރީގެ ކައުންސިލްގެ ރައީސް އަލީ އަމްޖަދު އަދި ނައިބުރައީސް އިބްރާހިމް ރިޔާޒް މިރޭ ޕީޕީއެމްއަށް ސޮއެކޮށްފިއެވެ.
މުއިއްޒު ބައިވެރިވެ ވަޑައިގެން ގދ.ތިނަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރުދާއިރާގެ ކުރީގެ މެމްބަރު ވަނީ ޕީޕީއެމްއާއި ހަތަރު އަހަރަށްފަހު ގުޅިވަޑައިގަނެފައެވެ.
އަދި ހަމައެއާއެކު ނިމިދިޔަ ދައުރުގެ ކައުންސިލް ރައީސް އަދި ނައިބު ރައީސްއަކީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވި ދެބޭފުޅުންނެވެ. ދެ ބޭފުޅުންވެސް އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެންނެވެ.

ކުރީގެ ކައުންސިލް ރައީސް އަމްޖަދު އަދި ނައިބުރައީސް ރިޔާޒް ޕީޕީއެމްއަށް ސޮއެކުރުން
މި ޖަލްސާގައި ގދ.ފިޔޯރީ އަދި ރަތަފަންދޫގެ އެމްޑީޕީގެ ގިނަ ބަޔަކުވަނީ ޕީޕީއެމްއާއި ގުޅިފައެވެ.
ޑރ.މުއިއްޒުގެ އިތުރުން މި ޖަލްސާގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ގިނަ މެމްބަރުންތަކެއް ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

