އަންނަ ސެޕްޓެމްބަރު މަހުގެ 9 ވާ ހޮނިހުރު ދުވަހުގައި ބާއްވާ ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ނިންމާ ވޯޓުލާން 264 ގަޑި އިރަށް ކުޑަތަންވީއެވެ. އިންތިޚާބަށް ނުކުމެ ތިއްބެވި ކެނޑިޑޭޓްންނާއި ރަނިންމޭޓުން ކުރައްވަމުން ގެންދަވާ ކެމްޕެއިނަށް ލިބިވަޑައިގެންފައިވާ ފުރަތަމަ ބުރުގެ ނަތީޖާއަށް މިހާ ކުޑަ ވަގުތު ކޮޅަކަށް ވެފައިވާއިރު މި ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ އިދިކޮޅު އެންމެ ވަރުގަދަ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ރޭ އެ ނިންމަވާ ލެއްވީ ހުވަދު އަތޮޅުގެ ދަތުރު ތަކެވެ.
ދެކުނު 4 އަތޮޅަށް ފެއްޓެވީ ދަތުރު ފުޅުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވަރަށް ކާމިޔާބު ޒިޔާރަތެއް ކުރެއްވުމަށް ފަހު ހުވަދޫ އަށް ވަޑައިގަތުމުން ޑރ މުއިއްޒު ކިޔާފައި ވަނީ އެހެން ހުރިހާ ރަށަކުން ކިޔާފައިވާ މަރުހަބާ އަށްވުރެ ހޫނު މަރުހަބާ އެކެވެ. ގދ އާއި ގއ. އަތޮޅުން ވަޑައިގެންނެވި އެއްވެސް ރަށެއް އެއް ރަށް އަނެއް ރަށަކަށް ދޫކޮއްފައި ނުވެއެވެ. އޭގެތެރޭގައި ބައެއް ރަށް ރަށަށް ކުއްލި ގޮތަކަށް ވެސް ވަޑައިގެންފައި ވާއިރު އެރަށް ތަކުންވެސް ޑރ މުއިއްޒު އާއި އެ މަނިކުފާނު ގެ ޓީމަށް ވަނީ ހައިރާން ކުރަނިވި ތަފާތު މަރުހަބާ އެއް ކިޔާފައެވެ. ފެނުން މަންޒަރު ތަކުން "އެއްބުރުން މިކަން ނިމިއްޖެ" ކަން ޔަޤީން ކަމާއިއެކު ހާމަ ކޮށްދޭ ވަރަށެވެ.
ރާއްޖޭގެ ގިނަ މީޑިއާ ތަކުން ވަގުތުން ދައްކަމުން ދިޔަ ހުވަދޫ ދަތުރުފުޅުގައި އިސްވެ ދެންނެވި މަންޒަރު އެތައް ހާސް ބަޔަކު ބަލަމުން ދިޔަ އިރު ނޫސް ތަކުގެ ފަލަ ސުރުޚީ ތައް ވެސް ދިޔައީ މި ދެންނެވި ޙަޤީޤަތް ބޮޑު މަންޒަރު ސިފަކޮށް ލިޔަމުންނެވެ. ފޮޓޯ ތަކާ ތަފާތު ވީޑިއޯ ތައް ދިޔައީ މީސްމީޑިއާ ތަކުގައި ފެތުރެމުންނެވެ.
ހުވަދު އަތޮޅުގައި އެންމެ ފަހުން ބޭއްވި އިންތިޚާބު ތަކުގެ ނަތީޖާ ތަކަށް ބަލާއިރުވެސް ގއ ގދ ވެގެން ގޮސްފައިވަނީ ޕީޕީއެމް ޕީއެންސީގެ ޚާއްޞަ އަތޮޅަކަށެވެ. ދެ ތިން ރަށެއް ފިޔަވާ ހުރިހާ ރަށެއް ވަނީ ތާރީޚީ ނަތީޖާ އެއް ނެރެ ދައްކާ ފައެވެ. ރާއްޖޭގެ ސިޔާސީ އިންތިޚާބު ތަކުގެ ނަތީޖާ ބަދަލު ކޮއްލާ އެއް ސަރަހައްދަކީ ހުވަދު އާއި ޏ ސ ވެފައިވާއިރު ޑރ މުއިއްޒު ގެ މި ދަތުރު ސިފަ ކޮށްދޭ ބޮޑު މަންޒަރަކީ ބޮޑު ފަޅި އަކީ ސަރުކާރާއި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކަމެވެ. ވަޒީފާގެ ނުފޫޒާއި ދައުލަތުގެ އާރާއި ބާރާއި ނެތް އިރުވެސް ވަރުގަދަ ކެމްޕެއިނެއް ކޮށް ކުރި ހޯދާފައި ވަނީ ކެނޑިޑޭޓް ނަންބަރު 4 ޑރ މުއިއްޒު އާއި ރަނިންމޭޓް ސެމްބެ ކަމެވެ.
ޑރ މުއިއްޒު ގެ ހުވަދޫ ދަތުރުފުޅުގެ އުސްއަލިތަކަށް ނަޒަރު ހިންގާލާ ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ އެއްވެސް ނުފޫޒެއް ނެތި ދެމުން ދިޔަ ތަރުހީބެވެ. ހިތުން ރުހުމުން ދެމުން ދިޔަ އިޚުލާސްތެރި ލޯތްބެވެ. މަރުހަބާ ކިޔުމަށް މާމަލުގެ ގުލްދަސްތާ ތަކުން ވެދުން އަރުވައި މާ ފަތީގެ ހާރު އަޅުވައި ލަވަޔާއި ޅެން ފަރިހި ތަކުން އަޑު އުފުލުމުން ދިގު ސަފުތައް ރުކުރުވާލީ ޑރ މުއިއްޒު އަކީ ކުރިމަގުގެ އުންމީދު ކަމުގައި ޔަޤީން ކުރަމުންނެވެ. ރަށް ތަކުން ފެންން މި ޙަޤީޤަތަށް ބަލާއިރު އުފާވެރި އަމާން ރާއްޖެއަކަށް "ދިވެހީންގެ ރާއްޖެ" ހެދުމަށް ހުވަދޫ ރައްޔިތުން ތިބީ ހާސް ކަނޑަލާ، ހަމަ ޖެހިގެން ކަން ކަށަވަރު ވެ ޔަޤީންވެއެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެކު އިތުރު 7 ކެނޑިޑޭޓުން ނުކުމެ ވަޑައިގަންނަވާ ރިޔާސީ ރޭގައި ކުރި ހޯއްދަވަމުން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒުގެ ޓީމު މިހާރު ގެނަދަވަނީ ރ، ބ، ޅ އަތޮޅަށެވެ.

