މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ދަ ޑިމޮކްރެޓްސް ތަފާތު ކެމްޕެއިނެއް ކޮށް ބޮޑުތަނުން ރަނގަޅު ކޮއްފިއެވެ.
ރާއްޖޭގެ ރަށްތަކުގައި 3 ބަޔަށް ބަހާލައިގެން ކުރިޔަށް ގެންދާ ކެމްޕެއިންގައި އެ ޕާޓީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދު، ރަނިންމޭޓް ހުސައިން އަމްރު އަދި ކެނޑިޑޭޓް ވަކި ވަކިން ޓީމު ތަކާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދަވާ ކެމްޕެއިން ހަރަކާތްތަކައް ބަލާއިރު ފެންނަނީ ދުވަހެއް ދުވަހަކަށް ތާއީދު ބޮޑުވަމުންދާ މަންޒަރެވެ.
އެގޮތުން ރަނިންމޭޓް އަމްރު ގެންދަވަނީ ކޮންމެ ރަށަކަށް ވަޑައިގެން އެރަށުގެ ކޮންމެ މީހަކާ ވަކިން ބައްދަލުކޮށް މިހާރުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތު ތަކާއި ދަ ޑިމޮކްރެޓްސް ގެ މެނިފެސްޓޯ ކިޔައި ދެއްވަމުންނެވެ. އެ އީ އެހެން ކެނޑިޑޭޓަކު އަދި ރަނިންމޭޓަކުވެސް މި އިންތިޚާބު ގައި ނުކުރައްވާ ކަމެކެވެ. ކެންޑިޑޭޓު އިލްޔާސް ލަބީބް ގެންދަވަނީ ރަށް ތަކަށް ވަޑައިގެން ބައްދަލުވުންތައް ބާއްވާ ކެމްޕެއިން ކުރައްވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީ ގިނަ ބަޔަކަށް ގުޅުއްވާ އަދި އެކި ރަށް ތަކަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން ކެމްޕެއިން ފެށިގެން މިހާތަނަށް އައި އިރު ބޮޑު ތަފާތެއް އެ ފަޅިޔަށް އަރާފައިވާ ކަމުގައި ޑިމޮކްރެޓްސް ގެ ރަނިންމޭޓް އަމްރު ހުވަދޫ އަށް ދެއްވި މައުލޫމާތު ގައި ވެސް ވަނީ ފާހަގަ ކުރައްފައެވެ.
ދާދި ފަހުން މާލޭގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ބައިވެރިވި މީހުންނަށް ބަލައި، އޭގެ އިތުރުން އަތޮޅު ތަކުގައި އޮފީސްތަކާއި ޖާގަހަ ތަކުގައި ހިނގާ ހަރަކާތްތަކައް ބަލާއިރު މިދެންނެވި މަންޒަރު ފެނެ އެވެ.
އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އެމީހުންގެ ކުރިއެރުން އަންނަނީ އެމްޑީޕީގެ ތެރެއިން ލުހިގެން އަންނަ މީހުންގެ ފަރާތުން ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރަށް ބަލިކަން ބޮޑުވެ ބޮޑު ތަނުން ފެއިލް ވާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓަރީ ކުރި ސިޔާސީ ޕާޓީ އެވެ. ނަމަވެސް އެ ޕާޓީ އިން ދަނީ މި ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށް ބޮޑު ތަވީދެއް އޮތް ކަން ދައްކަމުންނެވެ.

