ތަސައްވަރަކީ ޒިންމާދާރު ރައްޔިތުންތަކެއް އުފެއްދުންކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީއިން ކުރިއަށް ގެންދާ “ސަންގު ބަހުސް ” ގައި ވާހަކަދައްކަވަމުންނެވެ.
މި ބަހުސް ގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ރައްޔިތުން އެމްޕަވާރ ކޮށްދޭން އަމިއްލަ ފައި މައްޗަށް ތެދުވަން ޒިންމާދާރު ރައްޔިތުން ބިނާ ކުރުމަކީ ތަސައްވަރެއް ކަމަށެވެ. އަދި ހިލޭ އެއްޗެހި ބަހަން ނުޖެހޭނެކަމަށާއި، ހިލޭ އެއްޗެހި ބެހިވަރަކަށް ދައުލަތް ދަރަމުންދާނެކަމަށެވެ.
” އަޅުގަނޑު ގަބޫލެއް ނުކުރަން ރައްޔިތުން ހިލޭ ބަތްޕާރުސަލު ބާހާތީވެ އޭތި ބަލައި އަންނަށް ޖޭހެނެ ކަމަކަށް. އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތުން އެމީހުން އެމްޕަވާރ ކޮށްދޭން އެމީހުން އެމީހުންގެ އަމިއްލަ ފައި މައްޗަށް ތެދުވަން ޒިންމާދާރު ރައްޔތެއް ކްރިއޭޓް ކޮށް އުފެއްދުން. އެއީ އަޅުގަނޑުގެ ތަސައްވަރަކީ” – އުމަރު ނަސީރު
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

