ދައުލަތުގެ ރިކަރަންޓް ހަރަދަށްވާ ފައިސާ އެމްއެމްއޭއިން ނެގުން ހުއްޓާލާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީއިން ކުރިއަށް ގެންދާ "ސަންގު ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދައުލަތް ހިންގުމަށް ބޭނުންވާ ފައިސާ މެނޭޖް ކުރުމުގައި އެމްއެމްއޭއިން ނެގުން ހުއްޓާލާނެ ކަމަށާއި، އެފައިސާ ހަރަދު ކުރާނީ ދައުލަތުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިރޭ ކުރިއަށްދާ ރިޔާސީ ކެނޑިޑޭޓުންގެ ސަންގު ބަހުސްގެ ތެރެއިން
އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރައްޔިތުންނަށް ތަކުލީފަކަށް އިތުރު ޓެކްސް ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

