ދުނިޔެއާއި ސަރަހަައްދީ ފެން ވަރުގައި އަޑުއުފުލޭ ޤައުމެއްގެ ގޮތުގައު ހަދާނެ ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް، ފާރިސް މަޢުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ހާއްސަކޮށް ސަންގު ޓީވީއިން ކުރިއަށް ގެންދާ "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުންނެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ދާހިލީ އަދި ސިޔާސީ ކުރި އެރުން ހޯދުމަށްޓަކައި ބޭރު ޤައުމު ތަކަށް ބަރޯއްސާ ވުމަކީ ތާރީހުން ފެންނަން އޮތް ހިތާމަވެރު މަންޒަރެއް ކަމަށާއި ރާއްޖެ އަކީ އެއޯސިސް ފަދަ ޕެނަލް ތަކުގައި ކުރިން ދެއްކި ލީޑަރޝިޕް އަލުން ދެއްކޭނެ ގައުމެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި އަޑު އުފުލޭ ޤައުމެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.

މިރޭ ކުރިއަށްދާ ރިޔާސީ ކެނޑިޑޭޓުންގެ ސަންގު ބަހުސްގެ ތެރެއިން
ކުރިއަށް އޮތް 5 އަހަރުގެ ފޮރިން ޕޮލިސީ ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ފާރިސް އިތުރަށް ވިދާޅު ވެފައިވަނީ ވަކި ޤައުމެއްގެ ދިދަ ހިފައިގެން ތިބޭ ޕާޓީތައް އުޅުމަކީ ރާއްޖެއަށް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި އިޒްރެއިލް ނޫން އެހެން ހުރިހާ ޤައުމަކާ ފާރިސްގެ ވެރިކަމެއްގައި ގުޅުން ބަދަހި ކުރާނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ހަމައެކަނި ބަހުސްއަކީ ސަންގު ބަހުސްއެވެ. މި ބަހުސްގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެފައެވެ.

