ޕީއެންސީގެ ސަރުކާރެއްގައި ރާއްޖޭގެ ރަށްތަކަށް ކަންތައްތައްކޮށްދޭނީ، އެއްވެސް ތަފާތު ކުރުމެއް ނެތިވެ ކަމަަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، ތ. މަޑިފުށީގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، މުއިއްޒު ވިދާޅުވީ، މަޑިފުއްޓަކީ، ރައީސް ޔާމީން ވަރަށް ގިނަ، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ރަށެއް ކަމަށާއި، އަދި އެ ކަންތައްތައް ހިންގާފައިވަނީ އެމަނިކުފާނުގެ ބައިވެރިވުމާއިވެސް އެކުގައި ކަމަށެވެ.
“ކުރިޔަށް އޮތްތާގައިވެސް ތިޔަ ބޭފުޅުންނަށް ބޭނުން ވާ ކަންކަން ހާސިލް ކޮށްދެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެކަންކަން ކޮށްދޭންނަން”
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ރަށްތަކަށް ކޮށްދޭ ހުރިހާ މަޝްރޫއު ތަކުގައިވެސް، ރައްޔިތުންނަށް ކުލަ ޖައްސައިދެއްވާނެ ކަަމަށާއި، އެގޮތުން، ހުރިހާ ރަށްތަކަށްވެސް ހަމަހަމަ އުސޫލެއްގެ ދަށުން ކަންތައްތައް ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރަށް ރިޔާސީ އިންތިހާބު ފެށުމަށް އެންމެ ފަސް ދުވަހަށްވެފައި ވާއިރު، އުންމީދަކީ، މަޑިފުށިން ފުރިހަމަ އަޤުލަބިއްޔަތެއް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްއަށް ލިބިގެން ދިޔުންކަަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

