ހުވަދޫ މީީޑިއާއިން ކުރިއަށް ގެންދިޔަ އޮންލައިން ވޯޓް، ޕޯލްއަކުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުއަށް ދެވަނަ ދައުރެއް ދޭން ނުފެންނަކަމަށް 75 އިންސައްތަ މީހުން ބުނެފިއެވެ.
މީގެ ތިން ހަފްތާކުރިން ހުޅުވާލި މި ޕޯލްގައި، 7،712 މީހުން ބައިވެރިވެ ވޯޓް ދީފައިވެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުލުވާލި މި ޕޯލްއަށް ރައީސް ޞޯލިހްއަށް ދެވަނަ ދައުރެއް ދިނުމަށް ފެންނަކަމަށް، 25 އިންސައްތަ މީހުން ވަނީ ވޯޓު ދީފައެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނުމަށް ނިންމާފައިވާ ގޮތް ބެލުމަށް އެކި އެކި މީޑިއާ ތަކުން ކުރިއަށް ގެންދާ ވޯޓް ޕޯލްތަކުންވެސް ގިނަ ރައްޔިތުން ބުނަމުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްއަށް ދެވަނަ ދައުރެއް ދިނުމަށް ނުފެންނަ ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ރައްޔިތުން ބުނަމުން ގެންދަނީ ބަދަލެއް ބޭނުންވާ ކަމަށާއި، އަދި ރާއްޖޭގެ އެކި ރަށްތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގި ނަމަވެސް ބޮޑު އިންސައްތައެއްގެ މަސައްކަތްތައް ނުނިމި ހުރުން ކަމަށެވެ.
މިއަހަރުގެ ރިޔާސީ ިއންތިހާބު ބާއްވަން ނިންމާފައިވަނީ، އަންނަ ހޮނިހިރު ދުވަހުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ބައެއް ރިޡޯޓް ތަކުގެ އިތުރުން، ރާއްޖެއިން ބޭރުގެވެސް ބައެއް ގައުމުތަކުގައި ވޯޓުފޮށިތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

