ލ ގަމު ކައުންސިލްގެ ނައިބުރައީސް އަބްދުﷲ އާސިފް(އައްޑޮ) ޕީޕީއެމްއާއި ގުޅިިއްޖެއެވެ.
ރޭގައި ލ.ގަމުގައި ބޭއްވި ޕީޕީއެމް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޮ ވިދާޅުވީ އެމްޑީޕީ ސަރުކާރުން، ޒުވާނުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީގެ ފިކުރާއި އަސާސްތަކާއި މުޅިން ބީރައްޓޭހި ސަރުކާރެއް ކަމަށާއި ޒުވާނުންނަށް ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ވިދާޅުވެ ވަޒީފާގެ ބިރު އިންތިހާއަށް ދައްކާ ކަމަށެވެ.
“އަޅުގަނޑު މިތަނަށް ޕޯޑިއަމްއާއި ހަމައަށްއައިސް މި ޕްލެޓްފޯމްގަ، މިހެން ވާހަކަދައްކަން ހުރުމުގެ 3 ސަބަބެއްވޭ. އެއީ ޒުވާނުން ބާރުވެރި ނުކުރުވީމަ، ޒުވާނުން ބާކީ ކުރީމަ، އަދި ިރަށަށް ވެފަ ހުރި ވައުދުތަށް އިންތިހާއަށް އެބަހުރި. އަޅުގަނޑުމެން ލޮލުގަ އެޅުވި އަނދުން، އަޅުގަނޑުމެންނަށް ދެއްކި ހުވަފެން ހަގީގަތަކަށް ނުހެދުނީމަ”
ފެނިގެންދަނީ ސަރުކާރުން ދެއްކި ވާހަކަތަކާއި މުޅިން ތަފާތު މަންޒަރުތަކެއް ކަމަށް އައްޑޮ ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް އައްޑޮ ވިދާޅުވީ އޭނާ ޕީޕީއެމްއާއި ގުޅިވަޑައިގެން ނަމަވެސް މަގާމު ފުރަމުންދާހާ ހިނދަކު އޭނާއަކީ އެއްވެސް ކުލައަަކަށް އަދި ފިކުރަކަށް ބަލާނޭ ފަރާތެއް ނޫންކަމަށެވެ. އެންމެންގެ މެދުގައި ހަމަަހަމަކަން ގެންގުޅޭނެކަމަށެވެ.
އައްޑޮވަނީ އެމްޑީޕީ އަށް 12 އަހަރުދުވަހު ހިދުމަތްކޮށްދީފައެވެ. އައްޑޮއާއިއެކު ރޭގެ ޖަލްސާގައި ގަމުން ގިނަ ޒުވާނުންތަކެއްވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

