އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހދ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އަތޮޅުތެރެއިން މީހުން ގެނެސްގެން ތާއީދު އޮތްކަން ދައްކާލައިފި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރެވެ.
ރާއްޖޭގެ އުތުރުން އެންމެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށިން ރައީސަށް މަރުހަބާ ކިޔުމަށް އެ މަނިކުފާނުގެ ސަޕޯޓަރުންނާއި ކުދިބޮޑު ގިނަ ބަޔަކު ރަށުގެ ބަނދަރުމައްޗަށް ނިކުމެފައިވާކަމަށް ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ.
އެހެންނަމަވެސް ނަމަވެސް މިއަދު ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް އަތޮޅު ތެރެއިން މީހުން ގެނެސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީބުނަމުންނެވެ.

