އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އއ. މަތިވެރިއަށް ވަޑައިގަތުމުން އެމްޑީީޕީ އެކްޓިވިސްޓުންތަކެއް ހަމަނުޖެހުން ހިންގައި އެމަނިކުފާނަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި އެވެ.
ޑރ. މުއިއްޒު އެރަށަށް ވަޑައިގަތީ މީގެ އިރުކޮޅެއް ކުރިންނެވެ. އެރަށަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންނާއި ސަލާމަތް ކުރެއްވުމުގައި ޑރ. މުއިއްޒު އުޅުއްވަނިކޮށް އެ ހިސާބު ކެފޭއަކުން ތިން އެމްޑީޕީ އެކްޓިވިސްޓުން ނުކުމެ ހޮޅިއެއް ހިފައިގެން ތިބެ ވަނީ “ހޮޅި މުއިއްޒު” މިހެން ގޮވާފައެވެ.
އަދި އެގޮތަށް ގޮވަމުން ދިޔަ ގަޑީގައި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ނަމަވެސް އެއިރު އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.
އަދި އެތަނުން އެކަކު ވަނީ މުއިއްޒު ސަލާމް ކުރެއްވުމަށްފަހު ހިނގާގަތް ގަޑީގައި އެ މީހުންތަކުގެ ތެރެއަށް ވަދެގަނެފައެވެ.

