ރާއްޖޭގެ ދީނީ ޢިލްމުވެރިން ގުޅުމުން، ޢިލްމުވެރިންގެ މެދުގައި ނެގި ޚިޔާލް ހޯދުމުގެ ވޯޓުން ރާއްޖޭގެ ޢިލްމުވެރިންގެ ސާފު ޢައުލަބިއްޔަތު އޮތީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ކަމަށް ސާފުވެއްޖެއެވެ.
ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ޢިލްމުވެރިންގެ މެދުގައި މިފަދަ ވޯޓެއް ނެގީ އަންނަ ހޮނިހިރު ދުވަހު ވޯޓުލާއިރު އިލްމުވެރިންގެ ތާއީދު އޮތް ބޭފުޅެއް ބެލުމަށެވެ. އިލްމުވެރީންގެ ގުޅުމަކީ 150 ވުރެ ގިނަ އިލްމުވެރިއަކު ހިމެނޭ ހަރަކާތެކެވެ. ޚިޔާލް ހޯދުމުމުގެ ވޯޓުގައި ބައިވެރިވީ މީގެ ތެރެއިން 105 ޢިލްމުވެރިއެކެވެ.
އިލްމުވެރިންގެ ގުޅުމަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިންނާއި، ޝައިޚުން ނިސްބަތްވާ ހަރަކާތެކެވެ. މިހާތަނަށްވެސް ޤައުމީ އަދި ދީނީ ކަންކަމުގައި ޢިލްމުވެރިންގެ ރައުޔު ހާމަކޮށް އެބޭފުޅުން ދެކޭގޮތް ދިޔައީ ހާމަ ކުރަމުންނެވެ.
ރޭކުރިއަށްދިޔަ މިވޯޓުގައި ބައިވެރިވި ޢިލްމުވެރިންގެ ތެރެއިން ސާފު ޢައުލަބިއްޔަތު ލިބުނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށެވެ. އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްދިޔަ މިވޯޓާއިމެދު ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ޢަދަލާތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. މިވޯޓުގެ ޑރ.މުއިއްޒަށް 82 އިންސައްތަ ލިބުނު އިރު މުއިއްޒާއި ކިރިޔާވެސް ވާދަކުރައްވާ ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ 4 އިންސައްތަ ވޯޓެވެ.
ރޭ 12 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ ވޯޓުގައި މުއިއްޒަށް 87 ބޭފުޅަކު ވޯޓް ދެއްވާފައިވެއެވެ. އެއީ ވޯޓްގެ ނިސްބަތުން ނަމަ 82 ޕަސެންޓެވެ. ދެން އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރަށެވެ. އުމަރަށް ނުވަ ވޯޓް ލިބިވަޑައިގެންފައިވެއެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ ވޯޓް ދެއްވީ ފަސް ބޭފުޅެކެވެ.

