ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމަށް ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ރިޔާސީ އިންތިޚާބް 2023 ގެ ވޯޓް ލުން މިއަދު ފެށީ ހެނދުނު 8 ޖެހި އިރުއެވެ.
ރާއްޖޭގައި މި އަހަރު ބާއްވާ އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ ޕާޓީ ތަކުން ވާދަ ކުރާ 5 ބޭފުޅަކާއި އަމިއްލަ ގޮތުން ބައިވެރިވާ 3 ބޭފުޅެކެވެ.
ރިޔާސީ ކެންޑިޑޭޓުން:
1 އުމަރު ނަސީރު (އަމިއްލަ ގޮތުން)
2 ހަސަން ޒަމީލު (އަމިއްލަ ގޮތުން)
3 އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
4 ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5 ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)
6 އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7 އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
8 މުހައްމަދު ނާޒިމް (އެމްއެންޕީ)
މިއަހަރުގެ އިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިފައި ވާ އިރު މި އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

