މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނުވަތަ ކޯލިޝަން ހެދުމާ މެދު މިއަދު ގޮތެއް ނިންމަން އެ ޕާޓީން ހަމަޖައްސައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ސަން އައިލޭންޑް ރިސޯޓުގައި އޭނާގެ ހުރިހާ އެޑްވައިޒަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ 2 އިންސައްތައެވެ.
ޖޭޕީން ގޮތެއް ނިންމާއިރު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް- ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ނިންމައިފައެެވެ.
އެ ގޮތަށް ނިންމީ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލްގައި 37 މެންބަރުންގެ ވޯޓުންނެވެ. އެއީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޕާޓީއަކުން ނިންމި ފުރަތަމަ ނިންމުމެވެ.

