ހުޅުމާލެ އެއްވަނަ ފިޔަވަހީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހުޅުމާލެގެއެއްގެ ޓެރެސްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ 8:39 ހާއިރުކަމަށެވެ. އަލިފާންރޯފެވައިވަނީ އެގޭގެ ޓޭރެސްގައި ޓިނުން ހަދާފައިވާ ގުދަނެއްގައިކަަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިހާދިސާ ހިނގުމަށަް މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިވާ ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ ދެނެގަންނަން މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވަނީ އަލިފާން ގަނޑު ނިއްވާލެވިފައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

