ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީ އަދި ފާރިސް މައުމޫންގެ ޓީމް މިއަދު ބައްދަލުކޮށްފިއެވެ.
ފާރިސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި އެކު ކުރިއަށްގެންދެވުނު ބައްދަލުވުމުގައި، އިޤްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި ހަމަ އެއާއިއެކު މަޝްވަރާ ކުރެވިގެން ދިޔަ ކަންތައްތަކަކީ ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި، އަދުލު އިންސާފުގެ ނިޒާމު ރަނގަޅުކުރުމަށާއި އަދި ގައުމީ އެއްބައިވަންތަކަން ކަށަވަރުކުރުމަށް މުހިންމު ކަންތައްތަކެއްކަމަށް ގަބޫލުކުރެވޭކަމަށެވެ.
މި މަޝްވަރާގައި އަދި ވަކި ގޮތަކަށް ނިމިފައިވާކަމަށް އެނގިފައެއްނުވެއެވެ.
2023ވަނަ އަހަރުގެ ރިޔާސި އިންތިހާބުގައި ފާރިސް މައުމޫން، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ވަނީ 2979 ވޯޓް ކާމިޔާބުކޮށްފައެވެ.

