"އަކުއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް"ގެ ޓްރެއިލާ ރިލީޒް ކޮށްފިއެވެ. މި ފިލްމް ގެ ޓްރެއިލާ ވޯނާ ބްރަދާސް އިން ރިލީޒް ކޮށްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުގައެވެ.
2018 ވަނަ އަހަރު ރިލީޒް ކޮށްފައިވާ "އަކުއާމޭން" ފިލްމް ގެ ސީކުއްލް އެއް ކަމަށްވާ "އަކުއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް"ގެ ޓްރެއިލާ އާންމުންގެ ތެރެއަށް ދޫކޮށްލާފައި މިވަނީ ބެލުންތެރިންނާއި ސަޕޯރޓަރުންގެ ވަރަށް ދިގު އިންތިޒާރަކަށް ފަހުގައެވެ.
ޓްރެއިލާ ފެށިގެންދަނީ އަކުއާމެން ގެ ކުރީގެ ދިރިއުޅުމުގެ މަަންޒަރު ތަށް ދައްކުވައިދެމުންނެވެ. އަދި މީގެ އިތުރުން އަކުއާމެން ޖަވާޒީ ހަޔާތެއް ފަށައި ދަރިއެއް ލިބިގެން އުޅޭ މަންޒަރުވެސް މި ޓްރެއިލާ އިން ފެނިގެންދެެއެވެ. އެހެން ނަމަވެސް މި ފިލްމް ބިނާވެފައިވަނީ އަކުއާމޭން ގެ ކިބައިން ބަދަލު ހިފަން އަންނަ "ބްލެކް މަންޓަރ"ގެ ކިބައިން ރަސްކަމާއި އާއިލާ ދިފާއު ކުރުމަށް އަކުއާމޭން އާއި އޭނާގެ އެއްބަނޑު ކޮއްކޮ ކުރާ މަސައްކަތުގެ މައްޗަށަވެ. ޓްރެއިލާ އިންވެސް ބޮޑަށް ފެނިގެން ދަނީ މިކަންކަމެވެ.
މި ފިލްމްގައި އަކުއާމޭންގެ ރޯލް ޖޭސަން މަމޯއާ އަދާ ކޮށްފައި ވާއިރު އޭނާގެ އެއްބަނޑު ކޮއްކޮގެ ރޯލް ކުޅެފައިވަނީ ޕެޓްރިކް ވިލްސަންއެވެ.
މީގެ އިތުރުން މި ފިލްމްގެ ތަރިންގެ ތެރޭގައި ނިކޯލަ ކިޑްމަން، އެމްބާރ ހާޑް، ޔަހްޔާ އަބްދުލް މަތީން 2 އަދި ޑޮލްފް ލަންޑްގްރެން ވެސް ހިމެނެއެވެ.
ޖޭމްސް ވަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ސިނަމާތަކުގައި އަޅުވަން ހަމަ ޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރ 20 ވަނަ ދުވަހުގައެވެ. އެ ދުވަހަކީ 2018 ވަނަ އަހަރު ރިލީޒް ކޮށްފައިވާ "އަކުއާމޭން" ފިލްމް އަށް ފަސް އަހަރު ފުރޭ ދުވަހެވެ.

