ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ތާއީދު ހޯދުމަށް ރައީސް ޞާލިހު ކުރަމުންދިޔަ މަޝްވަރާތައް ދެ ދުވަސް މަތީން ކުރެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ފުރާ ވަޑައިގެންފިއެވެ.
ރައީސް ޞާލިހުގެ ޤާސިމްގެ ތާއީދު ހޯއްދެވުމަށް ސަން އައިލެންޑަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ މެންދުރު ފަހުގައެވެ. ރައީސް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު ހެނދުނު މާލެ ވަޑައިގަންނަވާ ގޮތަށެވެ.
ނަމަވެސް މަޝްވަރާތައް ކޮޅެއްގައި ނުޖެހި ދިގުލައިގެން ގޮސް އިއްޔެވެސް ރައީސަށް މާލެ ވަޑައި ނުގެންނެވުނެވެ. ނަމަވެސް ރައީސް ވަނީ ދާދި ދެންމެ އަކު މާލެ ވަޑައިގެންނެވުމަށް މާމިގިނލީ އެއާޕޯޓުން ފުރާފައެވެ.
ޤާސިމާއި މަޝްވަރާ ކުރައްވަން ރައީސް ޞާލިހާއިއެކު ތިއްބެވީ ފޮރިން މިނިސްޓަރ ޝާހިދާއި، އެމަނިކުފާނުގެ ރަނިންމޭޓް އަސްލަމާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާރފް އަލީ ޒާހިރެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ޖޭޕީގެ ޤާސިމާއި އަރިސް ބޭފުޅުން ސަން އައިލެންޑުގައި ތިބި ނަމަވެސް ބައެއް މަޝްވަރާތަކުގައި މިބޭފުޅުން ބައިވެރި ނުކުރައްވައެވެ.
ރައީސް ފުރާ ވަޑައިގެންނެވި ނަމަވެސް މިނިސްޓަރ ޝާހިދާއި، އަލީ ޒާހިރު ވަނީ ސަން އައިލެންޑުގައި އިތުރު މަޝްވަރާތަކަށް މަޑު ކުރައްވާފައެވެ.

