ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުރަމުންދާ ކެމްޕޭންގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެޕާޓީން ބުނެފިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީއާއިއެކުވެސް މުއިއްޒު ގެންދަވަނީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރުމަށް ކެނޑިނޭޅި އެއްވެސް ވަގުތެއް ބޭކާރުކޮށް ނުލާ މަސައްކަތް ކުރަމުންނެވެ.
މިރޭ އާރޓްފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މިޖަލްސާގައި ޑރ.މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ބައެއް ފަރާތްތަކުން ގުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުއިއްޒު ގެންދަވަނީ ކެމްޕޭގައި މާލެއާއި އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކޮށް ކެމްޕޭން އިިތުރަށް ފުޅާ ކުރަމުންނެވެ. އެގޮތުން މުއިއްޒު ވަނީ އިއްޔެ އެކަނިވެސް އަރިއަތޮޅުގެ 11 ރަށަކަށް ވަޑައިގެންފައެވެ.
މިއީ ކެމްޕޭނެއްގައި ކެންޑިޑޭޓަކު މިހާ ގިނަ އަދަދެއްގެ ރަށްތަކަކަށް އެއްދުވަހެއްގައި ދިޔަ ފުރަތަމަ ފަހަރުވެސް ކަން ފާހަގަކޮށްލެވެއެވެ
މުއިއްޒު ގެންދަވަނީ ކެމްޕޭގައި މާލެއާއި އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކޮށް ކެމްޕޭން އިިތުރަށް ފުޅާ ކުރަމުންނެވެ. އެގޮތުން މުއިއްޒު ވަނީ އިއްޔެ އެކަނިވެސް އަރިއަތޮޅުގެ 11 ރަށަކަށް ވަޑައިގެންފައެވެ. މިއީ ކެމްޕޭނެއްގައި ކެންޑިޑޭޓަކު މމިހާ ގިނަ އަދަދެއްގެ ރަށްތަކަކަށް އެއްދުވަހެއްގައި ދިޔަ ފުރަތަމަ ފަހަރުވެސް ކަން ފާހަގަކޮށްލެވެއެވެ.

