ަަސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ރީރަޖިސްޓްރީ އެހެން ސަރަހައްދުތަކަށް ބަދަލުކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ވަހީދު އިތުރަށް ވިދާޅުވީ އިދިކޮޅަށް ވޯޓުދޭ މީހުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނަ ތަން، އެމީހުންނަށް ނޭނގި ބަދަލުކުރަމުން ގެނދާ ކަމުގެ ޝަކުވާ ބައެއް މީހުން ކުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުންގެ ވޯޓުގެ ހައްގަށް އަރައިގަތުން ކަމަށާއި މިއީ އެންމެ ބޮޑު އެއް ކުށްކަމަށެވެ. މިކަން ކުރާ ބަޔަކު ހޯދައި ހައްޔަރުކުރަންޖެހޭނެކަމަށް ވައްްޑެ ވިދާޅުވެފައިވެއެވެ.
އިދިކޮޅަށް ވޯޓުދޭ މީހުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނަ ތަން، އެމީހުންނަށް ނޭނގި ބަދަލުކުރަމުން ގެނދާ ކަމުގެ ޝަކުވާ ބައެއް މީހުން އެބަކުރޭ. މިއީ ރައްޔިތުންގެ ވޯޓުގެ ހައްގަށް އަރައިގަތުން. މިއީ އެންމެ ބޮޑު އެއް ކުށް. މިކަން ކުރާ ބަޔަކު ހޯދައި ހައްޔަރުކުރަންޖެހޭނެ- ވައްޑެ-
ރީރަޖިސްޓްރީ އަށް ފުރުސަތު މިހާރު ހުޅުވާލައިފައި ވާއިރު ތިން ދުވަހުގެ މުއްދަތެއް ވަނީދީފައެވެ.
މިމުއްދަތުގެ ތެރޭގައި ފުރަތަމަ ބުރުގައި ވޯޓުލި ރަށް ނޫންއެހެންރަށެއްގައި ވޯޓުލުމަށްބޭނުންވާނަމަ މިމުއްދަތުގެ ތެރޭގައި ބަދަލުކުރަންޖެހޭނެއެވެ.

