ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ބާކީ ސާދަ ދުވަސް އޮއްވައި މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިފްކޯއިން ބުނީ، މާދަމާއިން ފެށިގެން މަސް ގަންނާނީ 25 ރުފިޔާއަށް ކަމަށާއި ތަފްސީލް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށެވެ.
މިހާރު އެ ކުންފުނިން މަސް ގަންނަމުން އަންނަނީ 17 ރުފިޔާގެ މަގުންނެވެ.
މަޢުލުމާތު ލިބިފައިވާ ގޮތުގައި މިފްކޯ އިން މަސް ގަންނަ އަގު މާދަމާ އިން ފެށިގެން ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމެވީ، މިރޭ މަސްވެރިންނާއި އެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި 50 އަށްވުރެ ގިނަ ކެޔޮޅުން ބައިވެރިވެފައިވެއެވެ.
އެހެންނަމަވެސް މިހެންނިންމި ކަމުގައިވިޔަސް ގިނަ ކެޔޮޅުން ދަނީ މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.
ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްވެރިން ހަރަކާތްތެރިވާ " މަސްވެރިން" ވައިބާ ގުރޫޕުގައި ގިނަ ކެޔޮޅުންދަނީ މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.
އަދި މާއަވަސް މަހުގެ އަގުބޮޑުކުރަން. ވޯޓުލާން ދެދުވަހަށްވީމަ 40 ރުފިޔާއަށް އަގުބޮޑުކޮށްލިނަމަ ލިބޭ ވޯޓު މާގިނަވާނެ. މަސްވެރިންދެނެއް ގުބޯ ނުހެއްދޭނެ. ވަރަށް ސަލާމް -މަސްވެރިއެއް-
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މަސްވެރިންގެ ހާލަތު ދެނެގަތުމަށް ހުވަދޫއިން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މި ސަރުކާރުން މަސްވެރި އާއިލާއަށް ނުވަތަ މަސްވެރި ދާއިރާއަކަށް އެއްވެސް އަޅާލުމެއް ދެއްވާފައި ނުވާކަމެވެ.
ކޮންމެ މަސްވެރި ސީޒަނަކާއެކު މަހުގެ އަގު ކޮންޓްރޯލް ނުކުރެވި ބާނާ މަސްކޮޅުވެސް މަސްވެރިންނަށް ކިރާނުލެވޭ ތަޖުރިބާ ކުރަން ނުޖެހޭ ސީޒަނެއް މި ފަހުގެ ތާރީޚެއްގައި ނާންނަ ކަމަށް މަސްވެރިން ދެކެއެވެ.
5 އަހަރު ދުވަހުގެ ތެރޭގައި މަސްޓަނަކުން 4000 ރުފިޔާގެ ގެއްލުމުގައި މިދިޔައީ. ދެން މަހުގެ އަގުބޮޑުކުރުމުން ބަލައެއް ނުގަނެވޭނެ – ހުވަދޫ މަސްވެރިއެއް –
ސަރުކާރަށް ފަސްއަހަރު ވޭތުވެގެން ދިޔައިރު މިކަންކަން ހައްލުނުވެ އިތުރަށް މަތިމައްޗަށް ވައުދު ވުމަކީ މަސްވެރިން އެދޭ ގޮތެއް ނޫނެވެ. އަދި އެކަމަށް މަސްވެރިން ރުހި ގަބޫލެއްވެސް ނޫނެވެ.

މިމައްސަލަތައް މިހެންދިމާވުމާއި ގުޅިގެން ސަރުކާރުން ދިޔައީ މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކުންފުނީގެ ކާރުޙާނާތައް އަޕްގްރޭޑުކުރުމުގެ ބިޔަ މަޝްރޫޢެއްވެސް މިހާރުދަނީ ކުރިއަށް ކަމަށެވެ.
އެގޮތުން ފެލިވަރާއި، ކޫއްޑޫ އަދި އައްޑޫ މަސް ކާރުޙާނާ އަޕްގްރޭޑުކޮށް ނިމުމުން އެކުންފުންޏަށް ދިމާވެފައިވާ މަސް ކިރުވުމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ހުވަދު އަތޮޅުގައި 100 ގާތްކުރާ އަދަދަކަށް މަސްދޯނި ދުއްވަމުންދާއިރު، ވަރަށްބޮޑު އަގުލަބިއްޔަތު ދޯނިތަކުގެ ކެޔޮޅުންނާއި ދޯނިވެރިންބުނަމުން ދަނީ މިސަރުކާރުން މަސްވެރިންނަށް ބޮޑު އިހުމާލެއްވެފައިވާ ކަމަށެވެ.

