ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހޮވައިގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ރައީސް ސޯލިހު އިންތިހާބުކުރަންޖެހޭ ކަމަށެވެ. އަދި “މުސާރަ ބޮޑުވާނީ ރައީސް އިބޫ ހޮވިގެން” ކަމަށް އިމްރާން ވިދާޅުވިއެވެ.
2024 ޖަނަވަރީއިން ފެށިގެން ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މުސާރަ ބޮޑުވާނީ ރައީސް އިބޫ ހޮވިގެން -އިމްރާން-
ރައީސް ޞާލިޙް ވިދާޅުވީ، މުސާރަ އެއްހަމަކުރުމުން ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި އެ ބަދަލުތަކަކީ މިއިން ޒަމާނެއްގައި ސަރުކާރަކުން ކުރަން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށެވެ.

