ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން ނިންމާފައިވީ ނަމަވެސް އެ ޕާޓީގެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކޮށް ވޯޓު ދެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ޖޭޕީގެ ލީޑަރު ޤާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން އިއްޔެ ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްޤަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެހެން ކަމުން މިކަމަށް އިޝާރަތްކުރައްވާ ޤާސިމް ވިދާޅުވީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ޤާނޫނީ ހައްޤެއް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ތާއީދު ކުރާނީ ކޮން ކެންޑިޑޭޓަކަށްކަމާއި ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމުގެ އިހްތިޔާރު ޤާސިމްއާއި ޖޭޕީގެ ކައުންސިލުން މަތިކުރުމުން ވެއަތުވެދިޔަ ތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުވެސް ލިބުނު ހިތި ނަތީޖާއަށްފަހު މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

