ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި ކަމަަށް ބުނެ ފަތުރާ ވާހަކަތައް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޮގު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ދޮގު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ގުޅުނު ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަަބަރެއް ކަމަށެވެ.
އޮންލައިން ނޫހެއްގައި ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ދެވަނަ ދައުރަކަށް ފަހު “ރިޓަޔަރ” ކުރެއްވުމުން އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމަށް އެމަނިކުފާނު އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ޑިމޮކްރަސީ އާއި ދުރު ހަރުކަށިކަން އެނބުރި އައުމަށް އެމަނިކުފާނުވެސް ރުހި ވަޑައިނުގަންނަވާ ކަމަށް ވަނީ ލިޔެފައެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ ފަރާތުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ، 15000 ވޯޓެވެ.

