ގއ ކޮލަމާފުށީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އިބޫ ނޫންގޮތެއް ހޯދުމަށް މަސައްކަތް ފަށައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދުކުރުމަށް ނިންމައި މަސައްކަތް ފަށައިފި އެވެ.
ކޮލަމާފުށި ޑިމޮކްރެޓުން މިގޮތަށް ނިންމާފައިވަނީ އެރަށުގެ ޑިމޮކްރެޓުންގެ މެދުގައި ބޭއްވުނު ބައްދަލުވުމުގެ އިއްތިފާގުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ ނައިބު، ނަރީޝް ނިސްބަތްވާ ކޮލަމާފުށީގައި މިރޭވަނީ ޑިމޮކްރެޓުންނާއި ޕީޕީއެމްގެ މެމްބަރުންނާއި އެކު ރަސްމީކޮށް މަސައްކަތް ފަށާފައެވެ.
މިރޭ ކޮލަމާފުށީގެ ޑިމޮރްޓުން މުއިއްޒަށް ތާއީދު ކުރުމަށް ނިންމައިފާއިރު ގއ. މާމެންދޫގައި ހަރަކާތްތެރިވާ ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާ މީހުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ރައީސް ކަމަށް އިންތިޚާބު ކުރުމަށް ވަނީ ބައިއަތުހިފާފައެވެ.
ކޮލަމާފުށީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ޑރ. މުއިއްޒަށް ބައިތު ހިފައިން މިވެރިކަން ބަދަލު ކުރުމަށް މަސައްކަތް ފަށާފައެވެ.
ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމަކީ ޑިމޮކްރެޓުން ތާއީދު ކުރާނެ ކަމެއް ނުންކަމަށް އެޕާޓީގެ އިސް ބޭފުޅުން މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

