ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައި އެކަން މިރޭ އިއުލާންކޮށްފިއެވެ.
ޝަލަބީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ވޯޓު ރައީސް ސޯލިހަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހް ކަމުދަނީ އެމަނިކުފާނަކީ ފަންނާނުންގެ އަޑުއައްސަވާ ބޭފުޅަކަށް ވާތީ ކަމަށް ވެސް ޝަލަބީ ބުންޏެވެ.
ޝަލަބީ އެގޮތަށް ބުނެފައި ވަނީ ނޮވެމްބަރު 24، 2019 ގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަރަށް ގިނަ ފަންނާނުން ވަނީ ރައީސް ސޯލިހަށް ތާއީދުކޮށްފައެވެ.
އޭގެ ތެރޭގައި ލަވަ ކިޔުންތެރިންނާއި ފިލްމީ ތަރިންނާއި ޒުވާން އެކިއެކިއެކި ހުނަރުގެ މީހުން ހިމެނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

