ކުރީގެ ރައީސް މައުމޫނު ގެ ވެރިކަން ނިމި ރާއްޖޭގެ ސިޔާސީ ނިޒާމަށް އާ އިރެއް އެރީއްސުރެ ސިޔާސީ ގޮތުން ހުވަދޫ އަތޮޅުގެ އެންމެ މައި ހަނބު ކަމުގައިވާ ގދ ތިނަދޫ އަކީ ޕީޕީއެމް ނުވަތަ އެމްޑީޕީ އާއި އިދިކޮޅު ފިކުރުގެ މާ ބޮޑު ކަމެއް އޮންނަ ތަނެއް ނޫނެވެ.
އެމްޑީޕީ އަކީ ރަށުގެ މެޖޯރިޓީ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ތާއަބަދު ރަށު ކައުނަސިލުގެ ފުލް މެޖޯރިޓީ ނުވަތަ ސުޕަރ މެޖޯރިޓީ ނަގަނީ އެމްޑީޕީ އިން ކަމަށް ވުމެވެ.

ނަމަވެސް ގިނަ ދުވަހު ނުވަތަ ގިނަ ދައުރު ގައި އެއް ބަޔަކު ނުވަތަ އެއް ޕާޓީ އަކުން ވެރިކަން ކުރުމަކީ ހުދުމުޚްތާރު ވެރިކަމެއްގެ ސިފައެކޭ ބުނާ ބުނުން ރައްޔިތުންނަށް އިހްސާސް ވުމުން ތިނަދޫ ގެ ސިޔާސީ މަސްރަޙަށް ވަނީ ފާހަގަ ކުރެވޭ ބޮޑު ބަދަލެއް އައިސް ފައެވެ.
ޕީޕީއެމްގެ ފިކުރުގެ ރޫޙު "މިނޫން ގޮތެއް" ކިޔާ ނުކުމެ 100 އިންސައްތަ މެޖޯރިޓީ އޮތް ކައުންސިލް ގޮނޑިން 3 ގޮނޑި އަތު ޖައްސައިފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ވެސްޕީޕީއެމް އިން ސަލާމަތް ވީހަމަ ކިރިޔާއެވެ. ތިނަދޫގެ ރައީސް ގެ ގޮނޑި ތަފާތު އެކި ސަބަބު ތަކާ ހުރެ އަތު ނުޖެއްސުނު ނަމަވެސް ތާރީޚީ ބޮޑު ބައްޔަކުން އެމްޑީޕީގެ ކެންޑިޑޭޓް ބަލިކޮށް ގދ އަތޮޅު ކައުންސިލް ގެ ރައީސް ކަމުގެ ގޮނޑި ޕީޕީއެމުން ނެގި އެވެ.
މި ބަދަލު ގެ ނަތީޖާ އަކަށް ކުރިން ބޮޑު ތަނުން ގަދަކޮށް އޮތް އެމްޑީޕީގެ މައްޗަށް މަޑުމަޑުން ކުރި ހޯދަން ފެށުމެވެ. މިކަން އެންމެ ބޮޑަށް ސާބިތު ކޮށްދޭ ކަމަކީ މިހާރު ކުރިޔަށް މުދާ ރިޔާސީ އިންތިޚާބެވެ.

9 ސެޕްޓެމްބަރުގައި ބޭއްވި ފުރަތަމަ ބުރުން ޕީޕީއެމް ޕީއެންސީ ކެނޑިޑޭޓް ޑރ މުއިއްޒު ލައްކަ އަށް ވުރެ ގިނަ ވޯޓް ނަގައި އިންތިޚާބު 1 ވަނަ ހޯދި އިރު ދާދި ފަހުން ސިޓީ އެއްގެ ދަރަޖަ ސަރުކާރުން ދެއްވި ތިނަދޫ އިން ވެސް ވަނީ ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ މައްޗަށް ކުރި ހޯދާފައެވެ.
ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު ތިނަދޫ ސިޓީ މުޅި އޮއިވަރު ބަދަލު ވުން
ރިޔާސީ އިންތިޚާބު ގެ ވޯޓް ލުމާއި ޖެހެންދެން ތިނަދޫ ސިޓީ ސިފަވީ ކުރިން ފަހަރު ތަކެކޭ ވެސް އެއްފަދައިން ނުވަތަ އެއަށް ވުރެވެސް ފޯރީގައި ސިޔާސީ ކަންކަން ދިޔަ ހެނެވެ.
ޖުމްހޫރީ ޕާޓީ އިން ވެސް ދެއްކީ މީ އަހަރެމެންގެ ފަހަރު ފަދަ ބޮޑު މަންޒަރެކެވެ. އެމްޑީޕީ އެތެރެއިން ނުކުމެ ސިޔާސީ ގޮތުން ގަދަކުރި ދަ ޑިމޮކްރެޓްސް ގެ ރޫހު ވެސް އެހާ ގަދައެވެ. އެމްޑީޕީ އާއި ޕީޕީއެމް ވެސް ތިބީ ދޭތިން އެކައްޗަށް ހިފާ ގަދަ ހިފުމެއްގައެވެ.
9 ވަނަ ދުވަހަށް އިރު އެރީ މުޅިން އާ ދުވަހަކަށެވެ. 8 ކެންޑިޑޭޓަކު ވާދަ ކުރި އިންތިޚާބުގައި 7 ވޯޓް ފޮށި ބަހައްޓި ތިނަދޫ ސިޓީ ގައި ވޯޓުލުން ކުރިޔަށް ދިޔަ ސަރަހައްދުން ފެނުނީ 3 ޕާޓީ އެކެވެ. ޕީޕީއެމް ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް އެވެ.
ޖޭޕީ ގެ ހިލަމެއް ވެސް ނުވެ އެވެ. އެމްއެންޕީ، ފާރިސް ،ޢުމަރު ގެ ފަރާތުން އެއްވެސް މީހަކު އެތަނަކުން ނުފެނެއެވެ. ވޯޓު ލަމުން ދިޔަ އިރު ވެސް އަދި ވޯޓުލުން ބަންދު ވުމާއި ދެމެދު އެމްޑީޕީގެ ޓެންޓު ތަކުން ފެނުނީ މާޔޫސްކަމެވެ. އެއީ ވަރަށް ހައިރާންވި މަންޒަރެކެވެ.
އެ ހުރިހާ ކަމެއްގެ ޙަޤީޤަތް ހާމަވީ ފަހުންނެވެ. ނަތީޖާ ލިބުމުންނެވެ.
2 ވަނަ ބުރުގެ ތައްޔާރީ ތަކަށް ބަލާއިރު ގަދަ ހިފުމަށް ނުކުމެ އޮތް ޕީޕީއެމް ޕީއެންސީ އާއި އެމްޑީޕީގެ ހަރަކާތްތައް ވަރަށް ތަފާތެވެ. ޑރ މުއިއްޒު ކާމިޔާބާއެކު ވަރަށް ރޫޙާއި ފޯރި ގަދަކޮށް އުޅޭ އިރު ސަރުކާރު ޕާޓީ ފެންނަނީ ވަރަށް ލޮނު މަޑު ކޮށެވެ. މާ ބޮޑު ކަމެއް ނެތި މާޔޫސްވެފައިވާ ބައެއްގެ ގޮތުގައެވެ.
އެ އާއި ޚިލާފަށް ޕީޕީއެމް ޕީއެންސީ ފެންނަނީ ވަރަށް ހިންގާލާފައި އުޅޭ ތަނެވެ. ކުރިން އެމްޑީޕީގައި އުޅުން ބައެއް އިސް މީހުންނާއި ޑިމޮކްރެޓުންގެ ތެރެއިން އެންމެ ހަރަކާތްތެރި ކޮށް އުޅުނު މީހުންނާއި އެކު މުޅި ކެމްޕެއިން އެހެން ލެވެލް އަކަށް ގެންގޮސްފައި ވާތަނެވެ. މުޅި ޓީމް މަސައްކަތް ކުރަމުންދަނީ ރައިޓް މައިންޑުގައެވެ.
މުޅިން އާ ރޫޙެއް، އާ ދިރުމެއް އާ ކުލަ ވަރެއް އާ ހިތްވަރެއް އެ ޕާޓީ އިން މިހާރު ސިފަވާ ކަމާއި އެކީ މި ފަހަރު ވެސް ބޮޑު ފަޅި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މީހުންގެ އަދަދު ގިނަ ކޮށް ބާއްވާ ތަފާތު ގިނަ ހަރަކާތްތަކުން އެކަން ފެންނަނީ ހަމަ އެބުނި ހެނެވެ.

