ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ބޭފުޅުން ޕީޕީއެމްއާއި ގުޅިއްޖެއެވެ.
ޕީޕީއެމްއާއި ގުޅުނު ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބް ރައީސް ޖިހާދާއި، އިރުތިޝާމާއި، މުއުނީއާއި ޔާމީން ރަޝީދުވެސް ހިނެއެވެ. މިބޭފުޅުން މުއިއްޒަށް ތާއީދުކޮށް މިރޭ ވަނީ ޖޭޕީން ވަކިވެ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
މިބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެކި މަޤާމުތައް ފުރުއްވި ބޭފުޅުންވެސް ހިމެނެއެވެ.
މުއިއްޒު ވަނީ މިރޭގެ ޖަލްސާގައި ޤައުމީ މިމަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުން އޭނާ ދިއްކުރާ އަތުގައި ހިފައި އެއްއަޒުމެއްގައި މަސައްކަތް ކޮށްދިނުމަށް ގޮވާލާފައެވެ.
އަދި އޮތީ ހުޅުވިފައިވާ އަތެއް ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް އެފުރުސަތު ހަމަހަމަ ކަމާއިއެކު އޮންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

