މާލެ ސަރަހައްދުން ގޯތިދޭ ސްކީމް މިރޭ އިއުލާނުކުރާނެ ކަމަށާއި މާލޭގައި އުޅޭތާ ވިހިއަހަރުވެފައިވާ މީހުންނަށާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގޯތިދޭނީ ކ. އަތޮޅު އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރަން އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ޖަލްސާގައެވެ.
މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭ ސްކީމް މިރޭ އިއުލާން ކުރާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މާލެ އަތޮޅު އުތުރު ތިލަފަޅުގައި އުޅޭނީ ބޭރުމީހުންނޫންކަމުގައެވެ. އެތަނުގައި އުޅޭނީ ދިވެހިންކަމަށާއި މާލެއިން ވިލިމާލެއަަށް، ވިލިމާލެއިން ގުޅީފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ދެވޭނެހެން ބްރިޖުުން އެތަން ގުޅިގެންދާނެ ކަމަސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސާލިހު ވިދާޅުވީ މާލޭގެ ރަށްވެހިން ފިޔަވައި، މާލޭގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންގެ ތެރެއިން މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނާއި ދަފުތަރުގައި ޖެހިގެން އުޅޭތާ 20 އަހަރުވީ އެންމެނަށް ވެސް އެ ސްކީމުން ގޯތި ދޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭން ކުރާ މަސައްކަތުގެ ބައެެއް ކަމަށެވެ. ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަަކަށް ލިބެން ޖެހޭ ފުރުސަތު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެ ގޯތި ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ މިއަދު އިއުލާންކޮށްފައެވެ.

