ތިނަދޫ ސިޓީގައި ގޯތި ދިނުންލަސްވެ، ހިތްހަމަނުޖެހުން ފާޅުކޮށް ކައުންސިލްގެ އިދާރާއާއި ދެކޮޅަށް މިއަދު އިހުތިޖާޖު ކޮށްފިއެވެ.
އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑަކީ ވީހާވެސް އަވަހަށށް ތިނަދޫއިން ގޯތި ދޫކޮށްދެއްވުމަށެވެ.

ތިނަދޫއިން ގޯތި ނުދޭތާ މިހާރު 12 އަހަރުވެފައިވާ ކަމަށާއި، އަދި ބިމުގެ ޖާގައޮވެމެ، ގޯތި ދިނުން ލަސްވުމުން އިހުތިޖާޖު ބައިވެރިން ޝުޢޫރު ފާޅުކޮށްފައިވެއެވެ.
ހަތަރު ފަސްކުދިންނާއި އެކީގައި އެއްކޮޓަރިއެއްގައި ދިރިއުޅޭ އާއިލާ އެހާގިނަ، އަވަސް ހައްލެއް ހޯދައިދީ- މުޒާހަރާގެ ބައިވެރިއެއް-
ގޯތިދިނުން ލަސްވެ ތިނަދޫ ސިޓީގައި އިހުތިޖާޖު ކުރިއިރު، މީގެ ކުރިން ގޯތި ދިނުމަށް އިއުލާންކޮށް ވަނީ ފޯމް ހުށަހަޅާފައެވެ. އަދި 1000 އަށްވުރެ ގިނަފޯމް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރަށުން ގޯތި ދޫނުކުރާތާ 12 އަހަރުވެއްޖެ -މުޒާހަރާގެ ބައިވެރިއެއް-
މިކަމާއި ގުޅިގެން ހުވަދޫއިން ތިނަދޫ ސިޓީ ކައުންސިލްގެ ރައީސް ސައުދު އަލީއަށް ގުޅާލުމުން ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ގޯތި ދިނުން ލަސްވާ ސަބަބެއް ވިދާޅެއްނުވެއެވެ.
އިހުތިޖާޖުގެ ބައިވެރިން އެދެމުން ދިޔައީ ކައުންސިލްގެ ރައީސް އާއި ބައްދަލުކުރަން ކަމަށާއި އެހެންނަމަވެސް ކައުންސިލް އިދާރާގެ ކުރިމަތީގައި އެގޮތަށް މުޒާހަރާކޮށް، އެއްވުންތައް ބާއްވައިގެން ކައުންސިލަކާއި ބައްދަލުނުކުރެވޭނެ ކަމަށް ތިނަދޫސިޓީގެ ރައީސް ވިދާޅުވިއެވެ.
ބައްދަލުކުރުމުގައި ރީތިގޮތްތަކެއް ހުންނާނެ ކަމަށާއި، އެގޮތަށް އެދުމުން މިހާރުވެސް ބައްދަލުކުރައްވާނެކަމަށެވެ.

