އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު މޮޅުވާނީ 56.5 އިންސައްތަ ހޯދައިގެން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަހުމަދު ނިހާން ވިދާޅުވެއްޖެވެ.
ނިހާން މިފަދައިން ވިދާޅުވެފައިވަނީ އެކްސް.ކޮމްގައި ކޮށްފައިވާ ޓުވީޓަކަށް ކޮމެންޓެއް ކުރައްވާފައެވެ. ވިދާޅުވީ ޑރ. މުއިއްޒަށް ދެވަނަ ބުރުގައި 56.5 އިންސައްތަ ވޯޓު ލިބޭނެ ކަމަށެވެ.
އެޓުވީޓުގައި "މުއިއްޒު ހޮވުމަށް ކުރަމުންދާ މަސައްކަތަށް މިހާރު އުންމީދު އާވެއްޖެ ކަމަށާއި އިންތިހާބު 60 އިންސައްތަ ވޯޓުން މުއިއްޒު ކާމިޔާބު ކުރައްވާނެ" ކަމަށް ބުނެ ކޮށްފައިވާ ޓުވީޓަކަށް ކޮމެންޓު ކުރައްވައި ނިހާން ވިދާޅުވީ ޑރ. މުއިއްޒަށް ދެވަނަ ބުރުގައި 56.5 އިންސައްތަ ވޯޓު ލިބޭނެ ކަމަށެވެ.
ޖުމްހޫރީޕާޓީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައި އެބޭފުޅަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ޖޭޕީގެ ގިނަ ބޭފުޅުން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރައްވާނެ ކެންޑިޑޭޓެއް ހިޔާރު ކުރެއްވުމުގެ ކުރިންވެސް ނިހާން ވަނީ ދެވަނަ ބުރުގައި ތާއީދު ކުރައްވާނީ މުއިއްޒަށް ކަން ހާމަކުރައްވާފައެވެ.

