މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވާދަ ކުރަނީ ޕީޕީއެމް ޕީއެންސީ ގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާއި ނިންމުން ދާ ރިޔާސީ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެވެ.
ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން 1 ވަނަ ހޯއްދެވި ޑރ މުއިއްޒު ގެ ރަނިންމޭޓަކީ ހުސައިން މުހައްމަދު ލަތީފް އެވެ. 2 ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވު ރައީސް ސޯލިހްގެ ރަނިންމޭޓް އަކީ މުހައްމަދު އަސްލަމް އެވެ.
މި އިންތިޚާބު ގެ ދެވަނަ ބުރުގެ ކެމްޕޭނަށް ނަޒަރު ހިންގާލާ އިރު ރައީސް ސޯލިހުގެ ކެމްޕޭން ވައްޓަފާޅި ވަނީ ވަރަށް ބޮޑަށް ބަދަލު ކުރައްވާފައެވެ. ފުރަތަމަ ބުރާ މުޅިން އިދިކޮޅަށެވެ. ކުރިން މުޅިންހެން އުޅުއްވީ ރާއްޖޭގެ ރަށް ތަކަށް ދަތުރު ކުރެވުމުގައެވެ. ނަމަވެސް މިފަހަރު ގެ އަމާޒު ހުރީ މުޅިން ފުރަ މާލެއަށެވެ. މާލެ އާއި ހުޅު މާލެ އަދި ވިލި މާލެ އަށެވެ. ކުރިން ރަށް ރަށަށް ވަޑައިގެން ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްކަވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ވައުދުފުޅުތައް އެއްކައިރި ކުރެއްވުމަށް ފަހު މިހާރު މުޅި ފޯކަސް ކުރައްވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

ދެވަނަ ހާފުގައި ޗޭންޖިންގ ރޫމްގައި ދެވަނަ ހާފުގެ ކުޅުމަށް ގެންނަވަން ފެނިލެއްވި ބަދަލު ކަމަށް ވެސް ވެދާނެ އެވެ.
15000 ވޯޓު ގެ ތަފާތާއި އެކު ކުރީގައި އުޅުއްވާ ޑރ މުއިއްޒު ކެމްޕެއިނަށް ބަލާއިރު ފެންނަނީ އެއް ވާނެއްގައި ކުރިން ވެސް އުޅުއްވި ފަދައިން ރާއްޖޭގެ އެކި ކަންކޮޅަށް ދަތުރު ކުރައްވާ މަންޒަރެވެ. އެގޮތުން ފުރަތަމަ 10 ދުވަސް ތެރޭގައި މީޑިއާ ލައިވްތައް ކުރައްވަމުން 50 އަށް ވުރެ ގިނަ ރަށަށް ވަނީ ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.
ދެ ކެނޑިޑޭޓުންގެ ދުވެއްޔައް ބަލާއިރު
އިބޫއަސްލަމް އަށް އަތުޖެހޭ ވަރަށް ވުރެ މުއިއްޒުސެންބެ އުޅުއްވަނީ މާބޮޑަށްވެސް ހަލުއިކޮށް ކަން ފާހަގަ ކުރެވެއެވެ.
ދެން އޮތީ ދެވަނަބުރުގައިި ކޯލިޝަން ހެދުމުގެ ވާހާކާއެވެ. ފުރަތަމަ ބުރުގެ ވޯޓުލައި ނިމުނު އިރު ރައީސް ސޯލިހު ވިދާޅުވަމުން ގެންދެވީ ދެވަނަބުރުގައިި ކޯލިޝަން އިތުރަށްފުޅާވެ، އިތުރު ޕާޓީތަކުން އެމްޑިޕީ އާއި އެއްގަލަކަށް އަރާނެކަމަށެވެ. ނަމަވެސް ކަންދިމާވީ މުޅިން އިދިކޮޅަށެވެ. އެމްޑީއޭ، އަދާލާތު ފިޔަވައި އެހެން އެެއްވެސް ޕާޓީއަކުން އެމްޑިޕީ އާއި ބައިއަތު ހިފިތަނެއް ފެނިގެން ނުދިޔައެވެ. ގުޅޭނެކަމަށް އެންމެ ބޮޑަށް ލަފާކުރެވުނު ޖުމްހޫރީ ޕާޓީ ވެސް ނިންމީ އެއްވެސް ބަޔަކާއި ކޯލިޝަން ނުހެދުމަށެވެ. ނަތީޖާ އެއްގެ ގޮތުން އެޕާޓީގެ ކައުންސިލްގައި ހިނެނޭ މެމްބަރުން އެބޭފުޅުން ތާއީދު ކުރާ ފަޅިއަކަށް އަރާ ނިމުނީއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރިމީހުންވެސް ތިއްބެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދުކުރި މެމްބަރުންވެސް ތިއްބެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ޑިމޮކްރެޓްސްގެ ކައުންސިލުންވެސް ނިންމީ އެއްވެސް ބަޔަކާއި ރަސްމީކޮށް ކޯލިޝަން ނުހެދުމަށެވެ. ނަމަވެސް އިބޫ ނޫންގޮތެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.
އަދި ފާޅުގައި ޑިމޮކްރެޓްސް އާންމު މެމްބަރުން ދަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދުކުރަމުންނެވެ.
ރިޔާސީ އިންތިޚާބު ދެވަނަބުރުން ގާތްގަނޑަކަށް 5 ދުވަހަށް ކައިރިވީއެވެ. މަލަމަތި ފެންނަމުންދަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މާބޮޑަށްވެސް ކުރީގައި އުޅުއްވާ މަންޒަރެވެ.
އާރާއި ބާރާއި ނުފުޒާއި، އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުޅުއްވަނީ ބަރަވެލި ދުވެލީގައެެވެ.

