ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސް އަދި ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖޭގެ ހާރިޖީ ފުޅާކުރުމާއި، 2016 ވަނަ އަހަރު އިންޑިއާއާއެކު ކައުންޓަރ ޓެރަރިޒަމް ވޯކިންގ ގްރޫޕް އުފެއްދުމާއި، 2014 ވަނަ އަހަރު ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅުމާއި، 2015 ވަނަ އަހަރު މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް ފެށުން ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ދުންޔާ މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށްގެންދާ ޖަލްސާގައި ދުންޔާ ޕީޕީއެމްއަށް ސޮއި ކުރައްވުމުން އޭނާގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ޕީޕީއެމް އަށް ސޮއިކުރައްވަނީ/ފޮޓޯ: ވަގުތު އޮންލައިން
ދުންޔާގެ ސިޔާސީ ހަޔާތަށް ބަލާއިރު، ތަފާތު އެކި މަގާމުތައްވެސް ފުރުއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، 2013 އިން 2016 އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި، 2012 އިން 2013 ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، 2006 އިން 2008 އަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ފާހަގަކޮށްލެވެެއެވެ.
ދުންޔާގެ ލީޑަޝިޕްގެ ދަށުން ރާއްޖެ ވަނީ އދ. ގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް) ގެ ޗެއަރ ކަންވެސް ކުރައްވާފައިއެވެ. އަދި މީގެ އިތުރުން އދ 2030 އެޖެންޑާއާއި، ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް ގޯލްސްތަކުގެ މަސައްކަތުގެ އިތުރުން ޕެރިސް އެގްރީމަންޓްގެ ނެގޯޝިއޭންތަކުގައިވެސް މުހިންމު ދައުރެއް ދަންޔާ ވަނީ އަދާކުރައްވާފައެވެ.

