ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ އާއި ހުމާ ކުރޭޝީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ސޮނާކްޝީ ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިފަހަރު ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައި މިދެތަރިން ވަނީ މީގެ ކުރިންވެސް ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ހާއްސަކޮށް ސޮނާކްޝީއަކީ ރާއްޖެއާމެދު ތަފާތުގޮތަކަށް ލޯބިވާ ފަންނާނެކެވެ.
ސޮނާކްޝީ ރާއްޖެ އައިސްފައި އެނބުރި ދިއުމަށްފަހު ރާއްޖެމަތިން ހަނދާންވާ ވާހަކައާއި އަވަަހަށް އެހެން ދަތުރެއްގައި ޒިޔާރަތް ކުރާނެކަމަށް ބުނެއެވެ. އަދި ރާއްޖެއާމެދު އޭނާގެ ހިތުގައި އޮންނަނީ ނޭނގޭ ލޯތްބެއްކަމަށާއި ރާއްޖޭގެ މާހައުލާއި މިތަނުގެ މީހުންނާމެދު އޭނާއަށް އަމިއްލަ ބައެއްކަމުގެ އިހުސާސްކުރެވޭކަމަށްވެސް ސޮނާކްޝީ ބުނެފައިވެއެވެ.

ސޮނާކްޝީ ރާއްޖޭގައި
ސޮނާކްޝީގެ މިފަދަ ބަސްތަކާއި އޭނާގެ މިލޯތްބާމެދު ބައެއް މީހުން ބުނަނީ ސޮނާކްޝީގެ މުނިމުނި މާމައަކީ ދިވެއްސެއްކަމަށެެވެ. އަދި ސޮނާކްޝީއަށް މިފަދައިން އިހުސާސްކުރެވެނީ އެހެންވެގެން ކަމަށްވެސް އެފަދަ މީހުން ބުނެއެވެ.
އެކަމަކު މިވާހަކައަށް އޮފިޝަލް، ރަސްމީ އެއްވެސް ޖަވާބެއް އެއްވެސް ފަރާތަކުން(ސޮނާކްޝީގެ އާއިލާ ނުވަތަ ފިލްމީ ދުނިޔޭގެ އިސްފަރާތެއް) މިހާތަނަށްވެސް ލިބިފައެއް ނުވެއެވެ.

މިފަހަރުގެ ދަތުރުގައި ސޮނާކްޝީ އިއްޔެ ހިއްސާކުރި ވީޑިޔޯއެއްގެ ތެރެއިން…
"ޑަބަލް އެކްސް" ގައި އެކުގައި މަސައްކަތް ކޮށްފައިވާ މިދެތަރިންނަކީ ގާތް ދެ އެކުވެރިންނެވެ.

ސޮނާކްޝީ(ކ)އަދި ހުމާ، ފިލްމު ޑަބަލްއެކްސް ގެ މަންޒަރެއް
ހުމާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ތަރްލާ ދަލާލް އިންނެވެ. ސޮނާކްޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑަބަލް އެކްސެލް އިންނެވެ.

