ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން މިރޭ ރޫޅާލައި ކުރިން ބުނި އެތި ކެންސަލް ކޮށްފިއެވެ.
މިގޮތަށް ނިންމީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެމްޑީއޭ ކައުންސިލް ކުއްލި ބައްދަލުވުމެއްގައެވެ.
މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނުފެންނަ ކަމަށެވެ. އަދި މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމީ 33 ކައުންސިލް މެމްބަރުންގެ ސާފު އައުލަބިއްޔަތުންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމަލީ ގޮތުން ރައީސާއެކު ކެމްޕެއިނުގައި ސިޔާމު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް ދެވަނަ ބުރުގެ ކެންޕެއިންގައި ރައީސް ޞާލިޙާއެކު ސިޔާމް ހަރަކާތްތެރިވެފައި ނުވެއެވެ.

