ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކުރުމަށް ނިންމަވައިފިއެވެ.
ދަ ޑިމޮކްރެޓްސްގަިއ ހަރަކާތްތެރިވާ އަމީން ފައިސަލަކީ ރައީސް ނަޝީދާ، ވަރަށް އަރިސް ބޭފުޅެކެވެ. ޑިމޮކްރެޓްސް އިސް ބޭފުޅުންނާއި އާންމު ގިނަ އަދަދެއްގެ މެމްބަރުން ދަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ.
އަމީން ފައިސަލް ވިދާޅުވީ ވަރަށް ވިސްނުމަށްފަހު މިފަހަރު މުއިއްޒަށް ތާއީދު ކުރުމަށް ނިންމަވާފައިވާކަަމަށެވެ. އަމީން ފައިސަލް ވަނީ މީގެ 2 ރޭ ކުރިން ޑިމޮކްރެޓްސްގެ އިސްބޭފުޅުންނާއި، ޕީޕީއެމްއާއިއެކު ބޭއްވި ބައްދަލުވުމުގައިވެސް ބައިވެރިވެފައެވެ.
ރިިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ގިނަ ބޭފުޅުންގެ ތާއީދު އޮތީ މުއިއްޒުއަށެވެ.

