ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުއާއި، ގައްދޫ ޑިމޮކްރެޓުންގެ ތާއީދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ނިންމައި، ކެމްޕޭނާއި ގުޅިއްޖެއެވެ.

ގައްދޫ ދާއިރާގެ މެމްބަރަކީ އެމްޑީޕީ ތެރެއިން އުފެދުނު ޚިޔާލް ތަފާތުވުންތަކާއިއެކު ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ މެމްބަރެކެވެ.

އަދި މިހާރު މަސައްކަތް ކުރަމުންދަނީ މިވެރިކަން ބަދަލު ކުރުމަށް ޕީޕީއެމް މެމްބަރުންނާއި ގުޅިގެން އެއް އަޒުމެއްގައެވެ.
ގައްދޫއިން މިއިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް މެޖޯރިޓީ ނަގާފައެވެ.
ގައްދޫއަކީ ޑިމޮކްރެޓްސްއަށް ތާއީދުކުރާ ގިނަ ބަޔަކު ތިބި ރަށެކެވެ. ގައްދޫގެ ޑިމޮކްރެޓުން މުއިއްޒު ހޮވުމަށް ބައިއަތު ހިފުމުން ގައްދޫގެ މެޖޯރިޓީ ބޮޑުކޮށް ޕީޕީއެމްއަށް ލިބިގެންދާނެކަމަށް ގަބޫލު ކުރެވެއެވެ.
ގައްދޫގައި ކެމްޕޭން އިތުރަށް ފުޅާކުރުމަށް ޑިމޮކްރެޓުންނާއި، ޕީޕީއެމް މެމްބަރުން ގުޅިގެން ގެންދަނީ ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.
މިރެއާއި މާދަމާވެސް ޚާއްސަ ހަރަކާތްތަކެއް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑިމޮކްރެޓްސްއަށް ތާއީދު ކުރާ ގިނަ މެމްބަރުންގެ ތާއީދު ދަނީ މުއިއްޒަށް ދެއްވައި މުއިއްޒު އިންތިޚާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

