އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
“ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެކަންކުރާނި އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކުގައިކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކަށް ފޮނުވޭ ތަކެތި މާދަމާ ހެނދުނުން ފެށިގެން، އަތޮޅުގެ އެހެން ހުރިހާ ރަށަކަށް ފޮނުވޭނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިހާބުގެ ވޯޓާސް ލިސްޓުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 282،804 މީހަކަށް ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.
އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ އިރު، ފުރަތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. އެއީ ޖުމްލަ 586 ވޯޓު ފޮއްޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދާ ފުލުހުން ވެސް ރަށްރަށަށް ދިއުމަށް މިއަދު ވަނީ ފުރައިފައެވެ.

