ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށްފިއެވެ.
މި ރިޕޯޓުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93.
2024 ވަނަ އަހަރަށް އިތުރުވި 6 ދާއިރާ އަކީ،
1- ހުޅުމާލެ މެދު ދާއިރާ
2- ހުޅުމާލެ އުތުރު ދާއިރާ
3- ހިތާދޫ ދާއިރާ (މިލަދުންމަޑުލު ދެކުނުބުރި)
ހިތާދޫ، މާޅޮސް، ދަރަވަންދޫ
4- ހުރާ ދާއިރާ (މާލެ އަތޮޅު)
ހުރާ، ހިންމަފުށި، ގުޅީ
5- ކޮލަމާފުށި ދާއިރާ (ހުވަދުއަތޮޅު އުތުރުބުރި)
ކޮލަމާފުށި، ދެއްވަދޫ
6- ފޭދޫ އުތުރު ދާއިރާ (އައްޑޫ ސިޓީ)
ފޭދޫ، މަރަދޫފޭދޫ.
މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަންޏެވެ.
މި ރިޕޯޓުގައިވާ ގޮތުން، ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވެއެވެ.
އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، އަދި ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.
މި ރިޕޯޓަށް މާދަމާ އިން ފެށިގެން، 2023 އޮކްޓޯބަރު 19 ގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

