ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖައްސަވާ އެއްވެސް ހިސާބެއް ދިމާ ނުވާކަމަށާއި ހުރިހާ ހިސާބެއް ދަނީ ޗޮކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ތިންކަމެއް ކޮށްފި ނަމަ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އިންތި ވަނީ ރައީސް އިބްރާހިމް ފެއިލްވި ކަންކަމުގެ ލިސްޓެއް ހިއްސާ ކުރައްވައިފައެވެ.
• އެއްބުރުން: ޗޮކުން
• ކޯލިޝަން: ޗޮކުން
• އަންނިއާ ނުލައި: ޗޮކުން
• ފައިސާއިން އިންތިޚާބު ހޯދުން: ޗޮކުން
އިންތި ވަނީ މިސަރުކާރު ބަދަލު ކުރަން ކޮންމެހެން ވެސް ޖެހޭ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައެވެ. އިންތި ހިމެނިވަޑައިގަންނަވާ “ދަ ޑިމޮކްރެޓްސް” އިން ނިންމާފައިވާނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ޕާޓީއިން ތާއީދު ނުކުރަން ނިންމައިފައެވެ.
ނަމަވެސް އެޕާޓީގެ އިސްބޭފުޅުންތަކެއް ވަނީ އިބޫ ނޫން ގޮތެއް ހޯދުމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަންނިނަމައިފައެވެ.

