ޖުލައި މަހު ދައުލަަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަށް އިތުރަށް އަމްދަނީ ލިބިއްޖެއެވެ.
ދައުލަތަށް ޖުލައި މަހު ލިބިފައިވަނީ 624.07 މިލިއަން ރުފިޔާއެވެ. އެއީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޖުލައި މަހު ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީ އަށްވުރެ 13 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރު ވުމުގެ ސަަބަބެއް ކަމަށް މީރާ އިން ބުަނަނީ ޓޫރިޒަމް ދާއިރާގެ ހިދުމަތުން އަދި މުދަލުން ނަގާ ޓެކްސް އަދި އާމްދަނީ އިން ނަގާ ޓެކްސް އެ އޮޓޯރިޓީން ލަފާކުރި ވަރަށް ވުރެ އިތުރަށް ލިބިފައި ވުމެވެ.
ދައުލަތަށް ލިބުފައިވާ 624.07 މިލިއަން ރުފިޔާގެ ތެރޭގައި 21.1 މިލިއަން ޑޮލަރު ހިމެނެއެވެ.
ދައުލަތަށް ލިބިފައިވާ އާމްދަނީ އަންދާޒާ ކުރެވުނަށް ވުރެ އިތުރު ނަމަވެސް މިއީ މިދިޔަ އަހަރު ޖުލައި މަހުގެ އާމްދަނީ އާ ބަލާނަ،ަ 6.2% ދަށް އަދަދެކެވެ.
ޖުލައިމަހު މީރާއަށް ލިބުނު އާމްދަނީ:
- ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ – 46.7 ޕަސަންޓު
- ޓޫރިސްޓް ރިޒޯތްތަކުގެ ބިމުގެ ކުލިން ލިބޭ އާމްދަނީ – 17.9 ޕަސަންޓު
- އާމްދަނީއިން ނަގާ ޓެކްސް – 17.6 ޕަސަންޓު
- ގްރީންޓެކްސް – 4.5 ޕަސަންޓު
- ވޯކް ޕާމިޓް: 4.2 ޕަސަންޓު

