ޅ. ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ސީނިޔާގެ، 13 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލެވެ.
މި ތޭރައަހަރުގެ ކުއްޖާގެ ހަބަރެއް އާއިލާއަށް ނުވާތާ މިއަދަށް މިއީ ހަތަރުވަނަ ދުވަހެވެ. ފުލުހުން ބުނީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމަށެވެ.
އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމަށާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކުއްޖާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

