ރޭ ވެހުނު ވާރޭގައި މާލޭސިޓީގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން މަގުތަކުން ފެންހިއްކުމުގައި ހަރަކާތްތެރި ވެއްޖެއެވެ.
ރޭ މާލެއަށް ވެހުނު ވާރޭގައި ގަޑިއެއްހާއިރު ތެރޭ މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ދުއްވާ އެއްޗެއްސާއި ހިނގާ އުޅޭ މީހުންނަށް ދަތިވާ ވަރަށް ފެންބޮޑުވެފައެވެ. ހާއްސަކޮށް އަމީނީމަގުގެ ސަރަހައްދު ފާހަގަކޮށްލެވެއެވެ.

ފޮޓޯ:އެމްއެންޑީއެފް(ރޭ މަގުތަކުން ފެންހިއްކުމުގައި)
އަމީނީމަގާއި ކަނބާ އައިސާ ރަނި ހިނގުން ގުޅޭ ކަންމަތި އަދި ތާޖުއްދީން ހިނގުމުގަައި އެމްއެންޑީއެފް ފަޔަރއެންޑް ރެސްކިއު އިން ވަނީ ހަރަކާތްތެރިވެ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

އައިޖީއެމްއެޗް ސަރަހައްދު….
އަދި މާލޭގެ އެހެނިހެން ބޮޑެތި މަގުތަކުގައިވެސް އެމްއެންޑީއެފް ފަޔަރްއެންޑް ރެސްކިއު އިން ވަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
މާލެސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ އަދި މިހާތަނަށް އައިއިރު ހައްލުނުކުރެވި އޮތް އުނދަގޫ މައްސަލައެކެވެ.

