މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުން ލިބުނު ކުންފުންޏަކީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓްއެވެ.
މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި 100،000އެއްހާ ރުފިޔާގެ ފައިދާ އެއް ލިބުނު އިރު މި އަހަރު 7.2 މިލިއަން ރުފިޔާގެ ގެއްލުމެއް މިއަހަރު ވަނީ ވެފައެވެ. މިއީ 4700 އިންސައްތައިގެ ގެއްލުމެކެވެ.
މި އަހަރުގެ ފުރަަތަމަ ކުއާޓާގައި ދެން ގެއްލުންވި ކުންފުނި ތަކުގެ ތެރޭގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަނާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ގެ އިތުރަށް އާރްޑީސީ ވެސް ހިމެނެއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަނަށް ވަނީ 2.8 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ. މިއީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ފަހު ދެން އެންމެ ބޮޑު ގެއްލުމެެއް ލިބުނު ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏެވެ.

