އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ރައްޔިތުންނާ ބައްދަލު ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ދެބުރު ލިބިވަޑައިގެންނެވި ފުރިހަމަ ކާމިޔާބަށްފަހު، އިންތިހާބީ ރައީސް ރައްޔިތުންނާ ބައްދަލު ކުރައްވައި އުފާފާޅުކުރުމަށް، ފުރަތަމަ ހަމަ ޖެއްސީ އާޓިފިޝާންލް ބީޗުގައި ބޭއްވުމަށެވެ. ރޭގައި ބޭއްވުމަށް ހަމަޖެއްސި މި ޖަލްސާ ފަސްކޮށްލަން ޖެހުނީ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ.
ޕީޕީއެމްއިން ވަނޫ މިރޭ ސޯޝަލްސެންޓަރުގައި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނެކަމަށާއި ހުރިހާ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ މުއިއްޒެވެ.
މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.
މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުންނެވެ.
ޑރ މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ، ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްަަބެ) އެވެ.

