އައްޑޫސިޓީ ހިތަދޫ، ފެހެލެ ކިޅި ސަރަހައްދުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފެހެލެ ކިޅި ސަރަހައްދުގެ ވަލުތެރޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އައްޑޫސިޓީ ހިތަދޫ ފެހެލެކިޅިއަކީ ދުރުދުރަށް ބޮޑަށް ފެތުރިފައި އޮންނަ ހިސާބެކެވެ. އެހެންކަމުން އަލިފާންގަނޑެއް ފެތުރިގެން ދިއުން އަވަސްވާނެއެވެ.
ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި އަލިފާން ގަނޑު ރޯވެފައިވަނީ ކިހާ ހިސާބަކުން ކިހާ ހިސާބަށް ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.

