ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުގައި ބަލިވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރިއެއްބަޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ޑިމޮކްރެޓްސްގެ ބޭފުޅުން ކަމުގައި އެމްޑީޕީގެ އިސްބޭފުޅުން ބުނެފިއެވެ.
ނިޒާމީވޯޓާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބަހުސް ކުރެވެމުންދާ މިދަނޑިވަޅުގައި، އެމްޑިޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އެޖެންޑާ ކުރެވިފައިވަނީ ނިޒާމީވޯޓާއި ގުޅިގެން ބަހުސްކުރުމެވެ.
ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު، ވިދާޅުވީ މިވަގުތު ރާއްޖެއަށް ރަނގަޅީ ކޮންނިޒާމެއްތޯ ބަލާކަށް ބޭނުންނުވާ ކަމަށެވެ. އޭނާ ބޭނުންވަނީ ބަރުލަމާނީ ނޫންގޮތެއް ކަމަށެވެ.
އެބޭފުޅުން އެދުވަހު ވިދާޅުވީ ރައީސް އިބޫ ނޫންގޮތެކޭ. އެހެންވީމާ އަޅުގަނޑުމެންވެސް ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް – އިބްރާހީމް ވަހީދު-.
ރައީސް ސޯލިހު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގަ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރިޔާސީ އިންތިހާބުން ބަލިވި ސަަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަން ބޭނުންނުވާކަމަށެވެ. އަދި ރާއްޖޭގަ އޮންނަ އެންމެ ރަނަގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ.
މި ދެ ނިޒާމުގަ ރަނގަޅުކަންތަކާ ގޯސް ކަންތައްތަކެއް ހުރި ނަމަވެސް، މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑުގެ ތާއީދު ވެސް އޮތީ ރިޔާސީ ނިޒާމާއެކީ،" ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ.
ރާއްޖޭގައި ފާޅުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދައްކަވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނެވެ. އަދި މިމައްސަލާގައި އެމްޑީޕީއާއި ދެބަސްވެ ދެފަރާތުން ފާޅުގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަޅުގަނޑުމެން ވެސް ބަލާކަށް ބޭނުމެއް ނޫން އެމްޑީޕީން ވާދަ ކުރަނީ ކޮންބޭފުޅެއް ކަމެއް، އާއިލީ ބޭފުޅެއް ވިޔަސް ރައްޓެއްސެއް ވިޔަސް އެމްޑިޕީން ނުކުންނަ ކެނޑިޑޭޓް ނޫން ގޮތެއް -ޑިމޮކްރެޓްސް-
ރާއްޖޭގަ ނިޒާމާ ގުޅޭގޮތުން ވޯޓެއް ނަގައިފިނަމަ، އެމްޑީޕީން ރިޔާސީ ނިޒާމަކަށް ތާއީދުކުރަން އެމްޑީޕީން ވަނީ ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވޯޓުން މިހެން ނިންމާފައިވާއިރު، ވާހަކަ ދެއްކި ގިނަ ގައުމީ މަޖިލީހުގެ މެންބަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމު ކަމު ނުދާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

