(ނޯޓް: މިއީ ސައިންސްގެ އަލީގައި ލޯބި މި މައުޟޫއަށް 3 ބަޔަކަށް ބަހާލެވިގެން ގެނެސްދޭ ލިޔުމެއް)
ލޯބި، އެންމެ ދެއަކުރު އޮތަސް މިއީ ވަރަށް ބޮޑު، އަދި ވަރުގަދަ އެހާމެ މާނައާއި ހަމަތަކާއި ގޮތްތައް ގިނަ ދިގު މައުޟޫއުއެކެވެ. ލޯތްބާއި ގުޅުންތަކާއި ބެހޭ ގޮތުން ބަލާލަމާ ހިނގާށެވެ.
ލޯތްބާއި ގުޅުންތަކަކީ އިންސާނާގެ ދިރިއުޅުމުގައި އެންމެ މުހިންމު ދެ މާއްދާއެވެ. ދެ މީހަކީ ކިތަންމެ ގާތް ގުޅުމެއް އޮންނަ ދެ މީހަކު ކަމުގައި ވިޔަސް، އެކަކު އަނެކަކާ ތަފާތު ދެމީހެކެވެ. ގުޅުމެއް ނެތިވެސް ލޯތްބެއް އުފެދިދާނެއެވެ. ލޯތްބެއް ނެތި ގުޅުންތައްވެސް އުފެދިދާނެ އެވެ. ނަމަވެސް މި ދެބައި އެއްކޮށްލުމުން އުފެދޭނީ މާވަރުގަދަ އަދި ތަފާތު ތަޖުރިބާއެކެވެ.
ލޯތްބަކީ އަހަރެމެންގެ އާއިލާއާއި ރައްޓެހިންނާމެދު އޮންނަ ލޯތްބާއި، ބައިވެރިންނާމެދު އޮންނަ ރޮމޭންޓިކް ލޯތްބާއި ހަމައަށް އެތައް ގޮތަކަށް އުފެދިދާނެ އޮޅުންބޮޅުން ގިނަ ޖަޒްބާތެކެވެ. އެއީ އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑު އުފާތަކެއް ގެނެސްދޭނެ ކަމެއް ނަމަވެސް، އެއީ އަނެކާގެ ކިބައިން އިޖާބައެއް ނުލިބޭން ފެށުމުން، ނުވަތަ ގުޅުންތައް ރޫޅިގެން ދިއުމުން ވޭނާއި ހިތްދަތިކަން ލިބެން މެދުވެރިވާ ސަބަބަކަށް ވެދާނެވެސް އެއްޗެކެވެ.
ގުޅުންތަކުގައި އަމިއްލަ ނަފްސާއި ބައިވެރިޔާއާ މެދު ފުންކޮށް ވިސްނުމުގެ އިތުރުން ގުޅުންބޭއްވުމުގައި އިތުބާރާއިއެކު އެކަކު އަނެކަކަށް އިހުތިރާމް ކުރުން މުހިންމެވެ. އެއީ ރޮމޭންޓިކްގޮތުން ގުޅިފައިވުމާއި، އެކުވެރިކަމާއި، އާއިލީ ގުޅުންތަކާއި، ޕްރޮފެޝަނަލް ގުޅުންތައް ހިމެނޭގޮތަށް އެތައް ގޮތަކުން ކުރެވިދާނެ ކަންކަމެވެ. ގުޅުންތައް ދުޅަހެޔޮ އަދި އެއްބާރުލުން ލިބޭ ވަގުތުތަކުގައި، އެކުވެރިކަމާއި، ޖަޒުބާތީ ގޮތުން އެހީތެރިވުމާއި، ދެފަރާތަށްވެސް އުފާލިބޭ ގޮތަށް ކަންތައް ބެހެއްޓުމުން، އަހަރެމެންގެ ދިރިއުޅުމަށް އިންތިހާއަށް ފައިދާތަކެއް ލިބިގެންދެއެވެ.
ނަމަވެސް ގުޅުންތަކަކީ ވެސް ގޮންޖެހުންތަކެއް ހުރި ކަމަކަށް ވެދާނެ ކަމެކެވެ. ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި އަމިއްލަ އެދުން ދުރަށް ލާން ޖެހެއެވެ. އެހެން ނޫނީ އެގުޅުން ކުރިއަށް ދިއުމަށް ހުރަސްތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަމިއްލަ ނަފުސުގައިވާ ބަލިކަށިކަމާއި ހިތުގައިވާ ބިރުވެރިކަމާއި މާޒީގެ ހިތި ތަޖްރިބާތައް މިގުޅުމަށް ހުރަސް އަޅާފާނެކަން ވެސް ވިންނަން ޖެހެއެވެ. އެއްވެސް ގުޅުމަކީ ފުރިހަމަ ގުޅުމެއް ނޫނެވެ. ދެ ބައިވެރިންނަށް ވެސް ގޯސްތަކެއް ހެދި ނާކާމިޔާބީތަކެއް ކުރިމަތިވާނެކަން ހަނދާން ބެހެއްޓުން މުހިންމެވެ.
އާޚިރުގައި ލޯތްބާއި ގުޅުންތަކަކީ އިންސާނާގެ ތަޖުރިބާގެ މުހިންމު ބައެކެވެ. އެކަމަށް ބޭނުންވަނީ ކެތްތެރިކަމާއި، ވިސްނުމާއި، އެކުގައި ކުރިއަރައި ތަރައްޤީވާން ބޭނުން ވުމެވެ. އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ލޯތްބެއް ނުވަތަގުޅުންތަކެއް އާލާކުރުމުން، އަހަރެމެންނާއި އަހަރެމެންގެ ވަށައިގެން ތިބި އެންމެނަށްވެސް ފުރިހަމަ އަދި މާނަހުރި ދިރިއުޅުމެއް އުޅެވިދާނެއެވެ.

